މިހާތަނަށް ދުނިޔޭގެ 57 ގައުމަކުން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ދެކުނު އެފްރިކާ، އަވައްޓެރި އިންޑިޔާ އާއި ސްރީލަންކާ އަދި ރާއްޖެވެސް ހިމެނެއެވެ. މިއާއެކު ޑަބްލިޔުއެޗްއޯއިން ބުނީ ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ.
ނަމަވެސް މި ވޭރިއަންޓާ ގުޅޭ ދިރާސާތައް ކުރިއަށްދާތީ، މި ވޭރިއަންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށް އަދިވެސް އިތުރު ޑާޓާތައް ބޭނުންވާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ގިނަ ބަޔަކަށް މިވޭރިއަންޓް ޖެހެމުންދާތީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވާނެކަމަށާއި، މި ވޭރިއަންޓް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
އޮމިކްރޯން ވޭރިއަންޓަކީ ނޮވެމްބަރ 16 ވަނަ ދުވަހު ޑަބްލިޔުއެޗްއޯއިން "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ކަނޑައަޅާފައިވާ ވޭރިއަންޓެކެވެ.
އަދި މި ވޭރިއަންޓް ފެތުރޭ މިންވަރު ހަލުވިކަމުން މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން ފެންނަމުންދާ ކޮވިޑްގެ ކޭސްތައް ވެސް ވަނީ އިތުރުވެފައެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދުވުންކަމަށް ބެލެވޭކަމުގައި ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު