ހިންދީ ފިލްމު "ހަސީން ދިލްރުބާ" އަކީ ނެޓްފްލިކްސްގައި މިއަހަރު އެންމެ ގިނަބަޔަކު ބެލި ހިންދީ ފިލްމުކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ތާޕްސީ ޕަންނޫ، ވިކްރާންތު މެއްސީ އަދި ހަރްޝްވަރްދާން ރާނޭ ލީޑުން ފެނިގެންދާ މިފިލްމު ރިލީޒްކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހު ނެޓްފްލިކްސްގައެވެ. މިފިލްމަށް ލިބުނު ބޮޑު ތަރުހީބަކާއެކު، މިއަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާހަމައަށް އެންމެ ގިނަބަޔަކު ބެލި ފިލްމަކަށް މިފިލްމު ވަނީ ވެގެންގޮސްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނެޓްފްލިކްސް މެދުވެރިކޮށް ހިންދީ ފިލްމު "ހަސީން ދިލްރުބާ" އަށް ވަނީ 24.63 މިލިއަން ވިއުސް ލިބިފައެވެ. މިއާއެކު އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ ހިންދީ ފިލްމު "ސޫރްޔަވަންޝީ" އަދި ކްރީތީ ސަނޮން ލީޑުން ފެނިގެންދާ ހިންދީ ފިލްމު "މީމީ" ވަނީ މިލިސްޓުން ފަހަތަށްޖެހިލާފައެވެ.

ހިންދީ ފިލްމު "ސޫރްޔަވަންޝީ" އަށް 22.34 މިލިއަން ވިއުސް ލިބިފައިވާއިރު، ހިންދީ ފިލްމު "މީމީ" އަށް ލިބިފައިވަނީ 21.81 މިލިއަން ވިއުސްއެވެ.

ރޮމޭންޓިކް ތުރިލާ، ހަސީން ދިލްރުބާގެ ކާމިޔާބީއާއެކު މިފިލްމުފަދަ އާންމު ނޫން ކަންކަމަށް ބިނާކޮށް ފިލްމު ހެދުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމަށް ފިލްމުގެ ޑިރެކްޓަރ ވިނިލް މެތިއު ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން