ކާފިއުގެ ގަވާއިދާ ހިލާފަށް ޕެޓެއްގެ ގޮތުގައި ގެންގުޅޭ ކުއްތާއެއްގެ އުފަންދުވަސް ފާހަގަ ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ހިލާފުވިކަމަށް ޕާޓީ ރާވާ ހިންގުމަށް އިސްކޮށް އުޅުނު ތިން މީހަކު އިންޑިއާގެ އަހްމަދު އާބާދު ސިޓީ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، ކުއްތާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަަށް 700،000 އިންޑިއަން ރުޕީޒް އެމީހުން ހޭދަކޮށްފައިވެއެވެ. އަދި އާއިލާ މީހުންނާއި، ގާތް ތިމާގެ އަދި ރައްޓިހިންނަށްވެސް ކުއްތާގެ އުފަންދުވަސް ފާހަގަ ކުރުމަށް ދަައުވަތު ދީފައިވެއެވެ.
މިޕާޓީއަށް ހާޒިރުވި ގިނަބަޔަކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގަވާއިދުތަކާއި ހިލާފަށް ގިނަބަޔަކު އެއްވެ އެއްވެސް ގައިދުރުކަމެއްނެތި ޕާޓީކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.
އިންޑިއާގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމާއެކު ގިނަ ސަރަހައްދުތަކެއްގައި ވަނީ ކާފިއު އިއުލާންކުރުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ގަވާއިދުތަކާއި ހިލާފަށް މިޕާޓީ ބޭއްވި ގުޖުރާތުގައިވެސް ވަނީ ރޭގަނޑު މަގުމަތީ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު