މިޔަންމާގެ ކުރީގެ ފޮރިން މިނިސްޓަރ އޮންގ ސަންގ ސޫޗީ އިތުރު ހަތަރު އަހަރަށް ޖަލަަށްލާން ހުކުމްކޮށްފިއެވެ.
މިޔަންމާގައި ބަޣާވާތެއް ގެނަސް އޮންގ ސަންގ ސޫޗީ ގެ އިތުރުން މިޔަންމާގެ ރައީސާއި، ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް، މިޔަންމާގެ ވެރިކަން އަސްކަރިއްޔާގެ ބާރުގެދަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއަށްފަހު ހައްޔަރު ކުރި އޭރުގެ މިޔަންމާ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އެތައް އިލްޒާމެއް އަޅުވައި އެތަކެއް ދޮގު ތުހުމަތުތަކެއް ކޮށްފައިވެއެވެ.
އެގޮތުން، ދުނިޔޭގެ ސުލްޙައަށް މަސައްކަަތް ކުރާ މީހުންނަށް ދޭ ނޮބެލް ޕްރައިޒް ހާސިލުކުރައްވާފައިވާ އަންގ ސަންގ ސޫކީއާއި ދެކޮޅަށް ކުރިއަށްދާ ކޯޓުގެ އަޑުއެހުންތަކުގައި އެކަމަނާ ކޮވިޑުގެ ގަވާއިދުތަކާއި ހިލާފުވިކަމަށާއި، ހުއްދަނެތި ގާނޫނާ ހިލާފަށް ވޯކީ ޓޯކީ ތަކެއް އެތެރެކޮށް ބޭނުންކުރިކަމަށް ބުނެ 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި މީގެ ދެމަސް ކުރިން ބޭއްވި ކޯޓުގެ އަޑުއެހުމުގައިވެސް 4 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވެއެވެ. ނަމަވެސް އެފަހަރުގެ ޖަލު ހުކުމަށް މިހާރުގެ ސަރުކާރުން ވަނީ ލުއެއްގެ ގޮތުގައި ދެ އަހަރު އުނި ކޮށްދީފައެވެ.
މިހާތަނަށް ކުރިއަށް ދިޔަ ކޯޓު އަޑުއެހުންތަކުގެ ތެރެއިން ޖުމްލަ 6 އަހަރަށް މިހާރު ޖަލަށްލާން ހުކުމްކޮށްފައިވާ އަންގ ސަންގ ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށް ޖަލު ހުކުމް ދިގުލައިގެން ދިއުން އެކަށީގެންވާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
ހާއްސަގޮތެއްގައި މިޖަލުހުކުމް ތަކާހެދި މިޔަންމާގައި ދެން އޮންނާނީ ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ހަނިވެގެން ދިއުން ފާހަގަކުރެވެއެވެ.
މިޔަންމާގައި ބަޣާވާތެއް ގެނަސް އޮންގ ސަންގ ސޫޗީ ގެ އިތުރުން މިޔަންމާގެ ރައީސާއި، ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް، މިޔަންމާގެ ވެރިކަން ސިފައިންގެ ބާރުގެދަށަށް ގެނަސް، މިޔަންމާގައި ބަޣާވާތް ކޮށްފައިވަނީ މިޔަންމާގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބާއި ގުޅުވައިގެން އެގައުމުގައި އުފެދުނު ހަމަނުޖެހުންތަކާއެކުއެވެ.
މިޔަންމާގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީންނެވެ. ނަމަވެސް މިއިންތިހާބުގެ ނަތީޖާ އާއި ދެކޮޅަށް ސިފައިން އަޑު އުފުލަމުން ގޮސް ވެރިކަމުގެ ބާރުތައް ވެސް ވަނީ އަތުލާފައެވެ.
ސޫކީގެ ޕާޓީގެ ވެރިކަމުގައި އެގައުމުގައި ދިރިއުޅޭ މުސްލިމު ދަރިފަސްކޮޅަށް ދިން ލާއިންސާނީ އަނިޔާތަކާއި އެދަރިކޮޅު ނައްތާލަން ހިންގި ނުބައި ޖަރީމާގެ ސަބަބުން ސޫކީއަށް ކުރިން ލިބިފައިވާ އިހުތިރާމާ ގަދަރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު