ޕީޕީއެމްގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް 500 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުޙީ އަށް ތާޢީދު ހޯއްދެވުމަށް އެދާއިރާގެ ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ޕީޕީއެމްގެ ވެރިކަމުގައި ޖުމްލަ 500 މިލިޔަން ރުފިޔާ ޚަރަދު ކުރެވުނު ކަމަށެވެ.
ރައީސް ޔާމީން މިއަދު ވިދާޅުވީ ކޮމަންޑޫ ދާއިރާއަކީ އޮތް ދާއިރާއެއްކަން މިސަރުކާރަށް އެނގުނީވެސް މިއިންތިޚާބު ބޯމަތިވުމުން ކަމަށެވެ. މިއަދު ދައުލަތުގެ ވެރިން ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށް ވަގުތު ނަގާލައި ކޮމަންޑޫ ދާއިރާގައި އުޅެމުންދަނީ ކޮން ބޭނުމެއްގައި ކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ދޭތެރޭގައި ޕީޕީއެމްއިން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި ރިޔާސީ އިންތިޚާބު ވަގަށް ނެގުނު ނަމަވެސް، އިންތިޚާބެއް ވަގަށް ނެގުމަށް ދިވެހިން ދެން ފުރުސަތު ނުދޭނެ ކަމަށްވެސް ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.
މިއަންނަ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު