ރާއްޖޭގެ މޫސުން ގޯސްވެ ހަތް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ މެންދަމު 2:00 ޖެހުމާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެ ވަގުތު ތަކުގައި އެ އަތޮޅު ތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާއިރު އަދި ބުރިޖާއި ހަައިވޭގެ އެއްގަމު ދަތުރުތަކަށް ވެސް ސަމާލުވާން މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން