ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ދޭނީ ހަމައެކަނި ޕާޓީގެ ކުދިންނަށް ކަމަށް އިދިކޮޅު ލީޑަރު އަދި ރައީސް އަބްދުﷲ ޔާމިން ވިދާޅު ނުވާކަމަށާއި އެޕާޓީގެ ވެރިކަމެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުޞަތުތައް ރައީސް ޔާމީން ކަށަވަރުކޮށްދެއްވާނެ ކަމަށް ބުނެ އެ ޕާޓީން މިއަދު ބަޔާނެއް ނެރެފިއެވެ.
ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ސަރުކާރެއްގައި ވަޒީފާ ދިނުމާ ގުޅޭގޮތުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްޤީ މިޤައުމަށް ގެނެސް ދެއްވާފައިވަނީ ރައީސް ޔާމީން ކަމަށާއި އަދިވެސް އެތަރައްޤީ މިޤައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
އެގޮތުން ވަޒީފާ ދެއްވުމުގައިވެސް ރައީސް ޔާމީން ދިވެހި ރައްޔިތުން ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ޕީޕީއެމުންވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ. ޕީޕީއެމުން ބުނީ ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ވަޒީފާ ދެއްވުމުގައި ހުރިހާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ބަޔާނުގައިވެއެވެ.
ޕީޕީއެމުން ބުނީ ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް ޢަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވައި، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ. މީގެ އިތުރުންވެސް، އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއްވެސް ގެނެސްދެއްވި ލީޑަރެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު