ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
މާދަމާ އޮންނަ ރައްޔިތުން މަޖިލިހުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވެވުމަށް މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާގެ އެޖެންޑާ ރައްޔިތުން މަޖިލިހުން މިހާރުވަނީ ޢާންމުކޮށްފައެވެ. އެއެޖެންޑާގައި ބުނެފައިވަނީ ޖަލްސާ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދާ ގޮތަށް ހަމެޖެހިފައިވާ ކަމުގައެވެ.

ކޯވިޑް-19 ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވުމާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ޖަލްސާތައް އޮންލައިންކޮށް އިންޓަނެޓުގެ ޒަރީޔާއިން ކުރިއަށް ގެންދާތާ ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އެއިރު އިންޓަނެޓު މެދުވެރިކޮށް ޖަލްސާތައް ބާއްވަން ނިންމިއިރުވެސް މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވިދާނެ ކަމުގައި ރައީސް ނަޝީދު އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަކާލާތުކުރައްވާފައިވެއެވެ.

މާދަމާ އޮންނަ މަޖިލިސް ޖަލްސާ މަޖިލިހުގެ ޖަލްސާކުރާ ގޭގައި ކުރިއަށް ގެންދެވުމަށް ރައީސް ނަޝީދު ނިންމަވާފާވާއިރު މަޖިލިހުގެ ޖަލްސާތައް މިގޮތަށް ކުރިއަށް ގެންދިއުމަށް އެއްވެސް އިސްތިސްނާއެއް އެޗްޕީއޭގެ ފަރާތުން ދީފައިވާ ކަން އެނގޭކަށް ނެތެވެ.

ރައްޔިތުން މަޖިލިހުގެ ޖަލްސާ އޮންލައިންކޮށް ބާއްވަމުން އައިއައުން ކުއްލިއަކަށް ހުއްޓަވައިލައްވައި ޖަލްސާތައް ތަޅުމުގައި ބާއްވަވަން ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން އެކަމުގައި މަޖިލީހުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މަޖިލީހުގެ ތަޅުމުގައި އެއްފަހަރާ ޙާޟިރުވެ ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރަށްވައެވެ. އަދި މެމްބަރުން ތިއްބަވާނީ މާސްކު އަޅުއްވައިގެން ކަމަށާއި، ވޯޓުލުންވެސް ކުރިއަށް ގެންދާނީ ވަކި އިންތިޒާމަކުން 42 މެމްބަރުންނަށް ވުރެ އިތުރަށް މަޖިލީހުގެ ތަޅުމަށް ނުވަދެވޭގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

https://twitter.com/mvpeoplesmajlis/status/1264887305367666690?s=20


ކިޔުންތެރިންގެ ހިޔާލު


7

ރައްޔަތު އަހުމަދު

26-May-2020

ގާނޫނާއި ޚިލާފުމިވަނީ އެގާނޫނު ތައް ހަދާފަރާތުން.. އެމީހުންނަށް ދަތިވީމަ ގާނޫނު ނުވޭ އެއްޗަކަށް.. އާންމުމީހާ ޚިލާފުވެއްޖެނަމަ އަދަބުލިބޭ.. މީ ތޯ އެޖެންޑާ 19 ގެ އިންސާފަކީ.. ހާދަ ހާވާ ޖާހިލިއްޔަޒަމާނުގެ އުސޫލުތަކެކޭ މީނާ މިގެންގުޅެނީ.. ބޮޑުންނަށް ގާނޫނު ނުހިގާ އެމީހުން ކުށް ކުށަކަށް ނުވޭ.. މީނާދޮގު ކިތަންމެ ވަރަކަށް ހެދިޔަސް އެކަމެއް ނުބެލޭ.. ހަމަ ދިވެހީން މިގޮތް ގަބޫލު ތޯ؟



ޓްރެންޑިން