މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، މަޖިލިސްކުރާގޭގައި ބޭއްވުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމާފައި ވަނިކޮށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭ އިން ވަނީ، މަޖިލީހުގެ ޖަލްސާތައް ބޭއްވުމާމެދު މަޖިލީހުގެ އިދާރާއިން އެޗްޕީއޭ އާއި މަޝްވަރާކޮށްފައި ނުވާކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަށްވަމުން ގެންދަވާއިރު، މި މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ، "މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭ ގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން،" ކަމަށެވެ.
ހަމަ އެއާއެކު ވިލިމާލޭ ދާއިރާގެ މަޖިލީސް މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު އުޝާމް ވެސް ވަނީ އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާ މާލަމުގައި ބޭއްވުމަކީ ޤާނޫނާ ޚިލާފްކަމެއް ކަމަށް ވިދާޅުވެފައެވެ.
"މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކާ މަޖިލިސްކުރާގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭނެ." އުޝާމް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޟް ވަނީ، ސިއްހީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ހާޒިރުވެވެން ނެތްކަމަށް މަޖިލިހުގައި ދަންނަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރިޔާޒް ވިދާޅުވީ، "މީގެކުރިން ހުއްދަ ހޯދައިގެން ރަށުން މާލެއައުމުން އަޅުގަޑުގެ ސުލޫކީ މައްސަލަ މަޖިލިހުން ބަލާފަވާއިރު އެފަދަ ހުއްދައެއްނެތި މަޖިލިހަށް ދިޔަ މައްސަލަ މާދަމާ އެހެންތަނަކުން ބެލުން ވެސް އެކަށީގެންވާ" ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޖިސް ޖަލްސާ ނުބާއްވައި މަޑުކުރެއްވެން ނެތް ވާހަކަ ޑިރެކްޓަރ އޮފް މެޑިކަލް ހެލްތު މައިމޫނާއަށް އަަންގަވާފައިވާނެ ކަމަށެވެ.
ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް ބެއްލެވި ކަމަށެވެ. އަދި ގިނަ މެމްބަރުންނަށް ފެނިވަޑައިގަތީ ވެސް މާލަމުގައި ޖަލްސާތައް ފަށަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު