ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު
ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު
ސަރުކާރުގެ ބައެއް ވަޒީރުންނަށް މިހާރު 2023 ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ މުޙައްމަދު ސަޢީދު، ސަރުކާރުގެ ޚާރިޖީ ވަޒީރަށް ނުސީދާ ތުހުމަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުގެ ބައެއް ވަޒީރުންނަށް މިހާރުވެސް 2023 ފެނިވަޑައިގަންނަވާ ކަމަށާއި، އެކަމުގެ ދަހިވެތިކަމުގައި ރައީސް ޞާލިޙަށް ނުރަނގަޅު ލަފާތައް އަރުވަމުން ގެންދަވާ ކަމަށެވެ.

މިއީ ފައިނޭންޝަލް ކްރައިސިސްއެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާ ކަމަށާއި، ދަތުރު ފަތުރު ކުރެވޭ ކަމަށާއި، ދުނިޔޭގެ ފަތުރުވެރިކަން ފަހިކަމަށް ވިދާޅުވެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވަނީ މިއީ ކޮން ވަޒީރަކު ރައީސް ޞާލިޙަށް ދެއްވި ލަފައެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަން އެގޮތަށް ކުރެއްވި ބޭފުޅަކު އެކަން ކުރަށްވާފައިވަނީ، ވަޒީފާ ޔަގީން ކުރުމުގެ ބޭނުމުގައިތޯ ވެސް ސަޢީދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ހިލޭ އެހީން ދަޢުލަތެއްގެ ސިފައޮތް ބަޔަކު ކުޑަކަކޫ މައްޗަށް ތިރިވެގެން އަޅުގަނޑުމެން ޤައުމެއް ހިންގާއިރު، މިއަދު ރައީސް ޔާމީން މިނިވަން ކުރަންވެސް ދާން މި ޖެހެނީ ފޮރިން އެމްބަސީ އަކަށްތޯ؟ މިވަރުވީމަ މިއީ ދަޢުލަތެއްގެ ސިފައޮތް ޤައުމަކަށް ކިޔާނެތޯ؟" ސަޢީދު ވިދާޅުވިއެވެ.

ދިވެހި ދަޢުލަތް މިއަދު މިއޮތީ މަޑުގިނީގައި ކަމަށާއި، ރާއްޖެ މިއަދު ހިންގަމުން ގެންދަނީ ބޭރުގެ ހިލޭ އެހީއާއި، ދިވެހި ވިޔަފާރިވެރިންގެ ކްރެޑިޓުން ކަމަށް ސަޢީދު ތުހުމަތު ކުރެއްވިއެވެ. މި ދެކަންތަކުން ދިވެހިރާއްޖެ ހިންގަމުން ދާއިރު، ދިވެހިންގެ ބުރަކަށްޓަށް އޮތް ބުރަހެލިކަން ވިސްނަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ދިހަ އަހަރުވެސް މި ގެއްލުން ފޫ ނުބެއްދޭނެ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

އަދި މިއީ ދުނިޔެއަށް ދިމާވެގެން އުޅޭ މައްސަލައެއްކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވަމުން ސަޢީދު އިތުރަށް ވިދާޅުވީ، ވެރިން އައްޔަނުކޮށްފައިތިބެނީ މައްސަސަލައެއް ދިމާވުމުން އެކަމަށް އެންމެ ރަނގަޅު ހައްލު ހޯދައިގެން އެއޮތް ދަތިކަމަކުން ޤައުމު ދެމިގަނެގެން ކާމިޔާބުގެ މަންޒިލަކަށް ދިއުމަށް ކަމަށެވެ.

ސަޢީދު ވިދާޅުވީ މިހާލަތުގައި ރާއްޖެ ހިންގުމަށް މަޖުބޫރު ކުރުވާފައިވަނީ ވިޔަފާރިވެރިންނަށް ކްރެޑިޓަށް ދިނުމަށް ހުރި ފައިސާއިން ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު "ފުނޑިފައި" ވާކަން މީގެ ކުރިންވެސް ފާހަގަކޮށްފައި ވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކައިގައި ސަރުކާރުގެ ވަކި ވުޒާރާއެއްގެ ވަޒީރެއްގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، ހިލޭ އެހީއާއި، ފޮރިން އެމްބަސީގެ ވާހަކަ ގެންނަވާފައިވާތީ ސަޢީދުގެ މިބައްތައް އަމާޒު ކުރަށްވާފައިވަނީ މި ސަރުކާރުގެ ޚާރިޖީ ވަޒީރަށް ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޙައްވަ

30-May-2020

2023 ފެނވަޑައިގަންނަވާ މެމްބަރުންވެސް މަދެއް ނުވާނެ!


-1

ޙަސަން ސޮބްރީ

30-May-2020

މިއީދެން ދުނިޔޭގަ މިފަދަ ެިކޮނޮމިސްޓެއް ނެތަކަމަށް ހީވެގެން ވަޒީރުކަން ގެއްލުނީމަ ނުނިދހިގެން އުޅޭބޭކަލެއް.


9

ސަނީ

29-May-2020

ފިފެންމަލެކޭ ލޯބިންފޮޅޭ ރަތް ފިނިފެންމަލެކޭ!



ފަހުގެ ލިޔުންތައް

ޓްރެންޑިން