އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އެމްޑީޕީގައި ދެ ފެކްޝަން އޮންނަ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވުމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެކަމަށް ރައްދު ދެއްވައިފިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ކޮމިޓީ ވަގުތުގައި ރޮޒެއިނާ މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުން އެމްޑީޕީއަށް ދިނީ ތުންމެޓައެއް ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވާ ގުޅިގެންނެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ޚިޔާލު ތަފާތުވެ ބައެއް މެމްބަރުން ވަނީ، ޕާޓީގެ ވިޕްލައިނާ ޚިލާފުވެސް ވެފައެވެ. އެހެން ނަމަވެސް ފަހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމުން، ސުޕްރީމް ކޯޓުން އިއްޔެ ދިން ލަފަޔާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކަށް ވަނީ ހައްލެއް ލިބިފައެވެ.

އެކަމާގުޅިގެން ރޭގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލަރުންގެ ދައުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފަޔަކީ "ދެމިޔަލީ ކަނޑިއެއް" ކަމަށާއި އެ ލަފާ ދެ ފެކްޝަނަށް ވެސް ފަހިވާ ކަމަށެވެ.

ޝަރީފްގެ އެ ވާހަކަޔަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށާއި އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރަނީ ޕާޓީގެ އަމާޒާ އެއްގޮތަށް ޕާޓީގެ ސިޔާސަތުތަކުގެ ދިފާޢުގައި ކަމަށެވެ.

"މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ކައިރީގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ އޭ. އެކަމަކު އަޅުގަނޑުމެންނަކީ އަބަދުވެސް ހިޔާލުތަފާތުވީމަ އެކަމާ ވަރަށް ގަދަޔަށް ޒުވާބު ވެސް ކުރާ ބަޔެކޭ." މެންބަރު ރޮޒައިނާ ވިދާޅުވި އެވެ.

ރޭގެ ކޮމިޓީ ބައްދަލުވުމުގައި އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން، މިހާރު ތިބި ކައުންސިލަރުން އެމަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައަޅައި، އިންތިގާލީ މަރުހަލާގައި އެ މެންބަރުން ތިބޭއިރު އެމީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ހިމެނޭ އާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ހަދަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހުގެންނަން، ވަނީ ފާސްކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު


9

ކއނ

31-May-2020

އޭދސފ އިދިކޮޅެއް އެބައޮތް ޕީޕީމް އެއީއިދިކޮޅު އިގޭ އެމްްޑީޕީ ގަތިބެނީ ހުސްވަގުން އެކަން އެގޭނެ މިކޮވިޑު19 އަންވެސް ބަލާލުމުން


10

ަދސފ

30-May-2020

އިދިކޮޅެއް ނެތް...ތިބީ ހުސް ވަގުން ތަކެއް.. އެއިގެ ބޮޑުވަގު ޖަލުގައި.



ފަހުގެ ލިޔުންތައް

ޓްރެންޑިން