ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖު
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖު
ގ. ކީމާ، ޢަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުލިބި ނިޔާވި މައްސަލާގައި، އިހުމާލުވީ ފަރާތްތަކަށް ޖިނާޢީ ދަޢުވާ ކުރުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖު މަޖިލީހުގެ ތަޅުމުގައި ކީރިތި ކުރަށްވައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ހާލު ދެރަވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ، 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސިރާޖް ވިދާޅުވީ، އަބްދުﷲ ރަޝީދު ޖަލަށްލީ ފުލުހެއްގައިގައި ޖެހިކަން ސާބިތުވެގެން ކަމަށާއި، އެހެން ނަމަވެސް ޖަލުގައި އަޅާނުލާ އަނިޔާވެރިކޮށް ބޭއްވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނީ ވަރަށް ގިނަ ފަރާތްތަކުގެ އިހުމާލުން ކަމަށެވެ.

"އަބްދުﷲ ރަޝީދު ދުނިޔޭން ވަކިވާން ޖެހުނީމާ އެކަމުގެ އަދަބެއް ލިބޭ އެއްވެސް ފަރާތެއް ނެތް. އަދަބަކަށް ދޭންވީ، ހަމައެކަނި މަޤާމުން ވަކިކުރުން. އެ ލިބެމުންދިޔަ މުސާރަ ކަނޑާލުން. އެއީކީ އެންމެ އިންސާފުވެރިގޮތް ކަމަކަށް ހަމަގައިމުވެސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އަބްދުﷲ ރަޝީދު ފުލުހެއްގެ ގައިގައި ޖަހައިގެން ބަންދުގަ އޮންނަން ޖެހުނިއްޔާ، އަބްދުﷲ ރަޝީދަށް އަޅާނުލާ ބޭސްފަރުވާ ނުކޮށް އިހުމާލުން ދުނިޔެއާ ވަކިވާން ޖެހުނީމަ ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. އެކަމަށް ފިޔަވަޅު ނޭޅެންޏާ އަޅުގަނޑުމެން ކޮންކަމެއްތޯ މި ކުރަނީ؟" ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ، ފުލުހެއްގެ ގައިގައި ޖެހީމަ ލިބޭ އަނިޔާއަށްވުރެ، މީހަކު ދުނިޔޭން އަލްވަދާޢުކީމަ އެލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ޒިންމާ އަދާކުރުމުގައި އިހުމާލު ވެފައިވާ ކަމަށާއި، 12 އަހަރު ވެގެން ދިޔައިރު ޕީޖީ އޮފީހަށް އެންމެ 7 މައްސަލަ ފޮނުވާފައިވާ މުއައްސަސާތައް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޫސާ ސިރާޖު ވިދާޅުވީ، މިވާހަކަ މިގޮތަށް ދައްކަމުން ގެންދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެހެންނަމަވެސް އެފަދަ ކޮމިޝަންތަކާމެދު އެޅޭ ފިޔަވަޅެއް ނެތް ކަމަށެވެ.

"ބައެއް ކޮމިޝަން ތަކުގެ މެމްބަރުން އެބަ ވަކިކުރެވޭ. އެކަމަކު އެފަރާތްތަކަށް ލިބޭ ހަމައެކަނި އަދަބަކީ، އިހުމާލު ވީމަވެސް، ޤާނޫނުގައި ބަޔާންކުރާ ކަމެއް ނުކުރީމަވެސް އަދަބަކަށް މި ލިބެނީ މަޤާމުން ވަކިކުރުން އެކަނި. އެއީ އެންމެ ހަމަޖެހޭ ގޮތެއް ނޫން. ޤާނޫނުން އެމީހަކަށް މަތިކޮށްފައި އޮތް ވާޖިބެއް އަދާ ނުކުރުމަކީ ޖިނާޢީ ކުށެއް." އުސްތާޛު ސިރާޖް ވިދާޅުވިއެވެ.

އެހެންކަމުން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ޒިންމާ އުފުލުމުގައި އިހުމާލުވި ހުރިހާ މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގެ އިތުރުން، އެންމެންގެ މައްޗަށް ޖިނާޢީ ތަހުޤީޤު ހިންގާ އެމީހަކު ޒިންމާވާންޖެހޭ މިންވަރެއްގެ މައްޗަށް ޖަލު ޙުކުމް އަންނަންޖެހޭނެ ކަމަށް މޫސާ ސިރާޖް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު މަރާލީ ކަމަށް ތުހުމަތު ކުރައްވައި އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ވަނީ މިއީ އޭނާއަށް ވަރަށް އަސަރުކުރާ ވާހަކައެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ކީރިތި ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

މީވެސް ރައްޔިތެއް

31-May-2020

މިގޮތައް ކިތައްމިހުންނައްއަނިޔާކޮއްފައިތިބެމަރުވީ މައްސަލަޖައްސަންވި ހަމަ މިހާރުވެސް ބޭސްވަރުވާނުލިފައިކިތައްމާހުންއެބަތިބި ކޖޑުނީމައްސަލައާއި އެހެންގޮސްކިޔާނެކަމެއްނެއް ރަގަލުކަމެއް ތި


14

މީވެސް ރައްޔިތެއް

31-May-2020

މިގޮތައް ކިތައްމިހުންނައްއަނިޔާކޮއްފައިތިބެމަރުވީ މައްސަލަޖައްސަންވި ހަމަ މިހާރުވެސް ބޭސްވަރުވާނުލިފައިކިތައްމާހުންއެބަތިބި ކޖޑުނީމައްސަލައާއި އެހެންގޮސްކިޔާނެކަމެއްނެއް ރަގަލުކަމެއް ތި



ފަހުގެ ލިޔުންތައް

ޓްރެންޑިން