ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ފެށުމާ ގުޅިގެން ޖާބިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސަރުކާރަށް އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ ދަނޑިވަޅުގައި މަޖިލިސް ހިންގަވަނީ ސިޔާސީ ކަންކަން ހާސިލްކުރުމަށް ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން މަޖިލީހުން ނަމޫނާ ދެއްކެވުމުގެ ބަދަލުގައި ސަރުކާރަށް ގޮންޖައްސަވާ މަޖިލިސް ފެށުމާއި ގުޅިގެން އެކަމަކީ، މެމްބަރުން ދަށު ދަރަޖައިގެ އަމަލަކަށް ވައްޓާލުމަށް ރައީސް ނަޝީދު ހިންގަވާ ޖަރީމާއެއްކަމަށް، އެކި ފަހަރު އެކި ގޮތަށް ވިސްނުން ގެންގުޅުއްވާ ކާށިދޫ ދާއިރާގެ މެންބަރުގެ ސިޓީގައި ވިދާޅިވެފައިވެ އެވެ.
"މަނިކުފާނުގެ އަމަލުތައް މިވަގުތު ހުރި ގޮތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލްކަން ހުރި ކަމަކަށް އަޅުގަނޑަށް ނުފެންނާތީ ވަގުތުން ވަގުތަށް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލަން." ޖާބިރުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރު ސިޓީއެއް ފޮނުއްވިއިރު އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލުން މިނިވަންކުރަން ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ފަހުން އެ ގަރާރު ވަނީ، އަނބުރާ ގެންދަވާފައެވެ.
ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ދެކޮޅުވެރިވެ އެމަނިކުވާފަނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނަށް "ވަގަށް" ގޮވަމުން ވެސް ޖާބިރު ގެންދަވައެވެ. އަދި ރާއްޖޭގައި 30 އަހަރުވެ ވެރިކަން ކުރެއްވި ރައީސް މައުމޫނު ޖާބިރުގެ އަތުން ފައިސާ ތަކެއް ނަންގާވާފައިވާ ކަމަށް ބުނެ އެމައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށްވެސް އެތައް ފަހަރަކުވެސް ވިދޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު