ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރާ، ކޮމިޝަންތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ.
ކޯވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުއަޅައި މިނިވަން ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އެދުނު މައުލޫމާތުތައް ބައެއް ކޮމިޝަންތަކުން ދީފައި ނުވާ ކަމަށެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިނިވަން ކޮމިޝަންތަކުން ކުރައްވާ މަސައްކަތްތައް ބަލައި އެކޮމިޝަންތައް ޒިންމާދާރުކުރުވުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށެވެ. ނަމަވެސް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި، ހިއުމަންރައިޓްސް ކޮމިޝަންފަދަ ކޮމިޝަންތަކަކީ މިއަދު ވަރަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކުރައްވަމުންދާ ކޮމިޝަންތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ، މިހާރުން މިހާރަށް ބަދަލު ކުރަންޖެހޭ ބައެއް ކޮމިޝަންތައް ހުރި ކަމަށާއި، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހިއުމަން ރައިޓްސް ކޮމިޝަން ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން މައްސަލަތައް ބަލަނީ ހިތަށްއެރި ގޮތަކަށް ކަމަށް މެމްބަރު ޢީސަ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެން މަޖިލީހަށް އިންތިޚާބުވީ ފަހުންވެސް މިހާރު އެއް އަހަރުވީ. އަދިވެސް ހިއުމަންރައިޓްސް ކޮމިޝަނަށް ފިޔަވަޅެއް ނޭޅޭ. ސިވިލް ސަރވިސް ކޮމިޝަންގެ އެތައް މައްސަލަތަކެއް މި މަޖިލީހުގެ ކޮމިޓީން ބަލައި ފާހަގަ ކޮށްފައި އެބަހުރި. ހަމަ އެއްގޮތަކަށް އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެގޮތެއް ނުހޯދިގެން މި އުޅެނީ." މެމްބަރު އީސަގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މިއަދުގެ މަޖިލީހުގައި މެމްބަރުންވަނީ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަކީ ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމުގެ އެންމެ މަތީ ޒިންމާ އުފުލާ ކޮމިޝަނަށްވާއިރު 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެކޮމިޝަނުން އެއްވެސް ތަހުޤީޤެއް ކުރެވި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ރިޕޯޓަށް ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ތެރެއިން ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ކުރާ ކޮމިޝަންތަކުގައި ތިއްބެވި މެމްބަރުން ވަކި ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަނާއި، ހިއުމަންރައިޓް ކޮމިޝަނާއި، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގައި ތިއްބެވި މެމްބަރުން ވަކިކޮށް އާ އެހެން މެންބަރުން އައްޔަންކުރުމަށްފަހު ކޮމިޝަންތައް ހިންގޭނެ ގޮތެއް މަޖިލީހުން ހަމަޖައްސަން ޖެހޭކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.
ކޯވިޑް 19 އާއި ގުޅިގެން މިނިވަން މުވައްސަސާތަކުގެ ތެރެއިން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ފިޔަވައި މައުލޫމަތު ހޯދުމަށް ދެންނެވުނު ހުރިހާ ކޮމިޝަނަކުން ވަނީ ކޮމިޓީއަށް ބޭނުންވި މައުލޫމާތު ފޯރުކޮށްދީފައި ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު