ސްޓެލްކޯ އެމްޑީ ހަސަން މުޣުނީ (ވ) މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި
ސްޓެލްކޯ އެމްޑީ ހަސަން މުޣުނީ (ވ) މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި
ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްޓެލްކޯގެ ސިޓީގެ މައްސަލައިގައި ވިދާޅުވި ބަސްފުޅަށް އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ދެއްވި ޖަވާބާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޣުނީ ވިދާޅުވީ ދަޢުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކު އެކަމުގައި އެއްޗެއް ވިދާޅުވުމުން ދެން އިތުރަށް އެކަމުގައި އެއްޗެއް ވިދާޅުނުވާނެ ކަމަށެވެ.

"ގައުމުގެ ތިން ބާރު ވަކިވެފައިވާއިރުގަ އެއްބާރުގެ އިސް ބޭފުޅަކު އެ އޮތީ މިކަމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފައި. އެހެންވީމަ ސްޓެލްކޯއަކުންނެއް އެކަމުގައި އިތުރަށް ޗެލެންޖްކުރާކަށް ބޭނުމެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަން އެއް ބާރުގެ އިސްވެރިއަކު އެއްޗެއް ބުނީމަ ދެން އަޅުގަނޑުމެންގެ ފަރާތުން ކުރާނެ ކޮމެންޓެއް ނެތް." މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން މަޖިލީހަށް ފޮނުވި މައުލޫމާތުން އެނގޭ ގޮތުގައި ސްޓެލްކޯގެ އެމްޑީއަށް މަހަކު 98،000 ރުފިޔާ ލިބި ވަޑައިގަންނަވަ އެވެ. އެކަމާއި ގުޅިގެން މުޣުނީއަށް ފާޑުކިޔުންތައް ވެސް އަމާޒުވަމުން ދަނިކޮށް މަޖިލީހުގެ ތެރެއިން އެ މައުލޫމާތު ލީކުވި ގޮތެއް ހޯދަން ސްޓެލްކޯ އިން މަޖިލީހަށް ސިޓީ ފޮނުވި އެވެ.

އޭގެ ޖަވާބުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ "އިންޖީނުގޭ ކުދިންނަށް މަޖިލީހުގެ ރައީސް އަށް ސިޓީ ނުފޮނުވޭނެ" ކަމަށް ވިދާޅުވެފައެވެ. އަދި ސިޓީ ފަދަ ލިޔުންތަކާއި ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއް އޮތް ކަމަށާއި އެ ގާނޫނުގައިވާ ގޮތުން، "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށާއި، ނަމަވެސް ކޮންމެ ދިވެއްސަކަށްވެސް ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދަށް ސިޓީ ފޮނުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި އިނާޔަތްތައް ބިނާވެގެންވަނީ އެ ކުންފުނިތަކުގެ ޕާފޯމެންސް ލަނޑުދަނޑިތަކާއި، އަދި ކީ ޕާފޯމެންސް އިންޑިކޭޓާސް ހާސިލް ކުރާ މިންވަރުގެ މައްޗަށް ކަމަށާއި އެގޮތުން ސްޓެލްކޯ ގިންތި ކޮށްފައި ވަނީ "އޭ" ކެޓަގަރީގައި ކަމަށްވާތީ، ސްޓެލްކޯގެ އެމްޑީގެ މުސާރައާއި އިނާޔަތްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިން ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކާއި އެއްހަމަ އެއްޗެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން