ވެލާނާ އެއަރޕޯރޓްގައި އިމިގްރޭޝަނުގެ ޚިދުމަތް ބަޔަކު ހޯދަނީ؛ ރާއްޖޭގައި ތާށިވެފައި ތިބި ބައެއް މީހުން ވަނީ ވައިގެ މަގުންވެސް ގެންގޮސްފައި
ވެލާނާ އެއަރޕޯރޓްގައި އިމިގްރޭޝަނުގެ ޚިދުމަތް ބަޔަކު ހޯދަނީ؛ ރާއްޖޭގައި ތާށިވެފައި ތިބި ބައެއް މީހުން ވަނީ ވައިގެ މަގުންވެސް ގެންގޮސްފައި
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ އިތުރު 700 މީހުން ގެންދިއުމަށް އެ ގައުމުގެ އަސްކަރީ މަނަވަރެއް މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން ކަނޑުމަގުން އެޤައުމަށް އަނބުރާ ގެންދިއުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 1،488 މީހުން ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ޖަލަޝްވާ" އާއި "އައިއެންއެސް މަގަރް" ގައި ރާއްޖޭގައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފައިވާއިރު، އެ ހުރިހާ އެންމެން ވެސް 14 ދުވަހު ކޮޗިންގައި ކަރަންޓީނުގައި ތިބެން ޖެހޭނެއެވެ. އިތުރު 700 އިންޑިއާ ރައްޔިތުން އެ ގައުމަށް ގެންދިއުމަށް "އައިއެންއެސް ޖަލަޝްވާ" ޖޫން މަހުގެ 5 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މީގެކުރިންވެސް އެ މަނަވަރު ވަނީ، ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.

މާޗު 25 ވަނަ ދުވަހުން ފެށިގެން އިންޑިއާ ލޮކްޑައުންކޮށްފައި ވާއިރު، އެ ގައުމުން މިހާރު ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭން ފަށައިފައެވެ. އެޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 182990 އަށް އަރައިފައެވެ. އެ ޤައުމުން މި ބަލީގައި މިހާތަނަށް 5188 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި އިންޑިއާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރިއުޅެމުން ގެންދާއިރު، އޭގެ ތެރޭގައި ތަޢުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާގައި ޚިދުމަތްކުރާ ގިނަ ޢަދަދެއްގެ މީހުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން