ޗެމްޕިއަންސް ލީގުގެ ސެމީގައި މިރޭ ލިވަޕޫލާއި ވިލަރެއާލް ކުޅުނު މެޗް 2 – 0 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.

ސެމީގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗްގައި ގިނަވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. މި މެޗްގެ ފުރަތަމަ ގޯލް ވަދެފައިވަނީ، މެޗްގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ހުރަސްކޮށްދިން ބޯޅައެއް ވިލަރެއާލްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށެވެ.

ފުރަތަމަ ގޯލް ޖެހިތާ ގިނައިރުތަކެއް ނުވެ ލިވަޕޫލްގެ ސަލާ ދިން ރީތި ޕާހަކުން ސާޑިއޯމާނޭ ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

މިމެޗުން ބަލިވިނަމަވެސް، މި މުބާރާތުގައި މި ގުރޫޕްގެ ސެމީފައިނަލްގެ ދެވަނަ މެޗްގައި ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު ވިލަރެއާލަށް އެބައޮތެވެ. ވިލަރެއާލަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީ މިދިއަ އަހަރުގެ ޔޫރޮޕާ ކަޕްގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އެ މުބާރާތުގެ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ބަލިކުރީ މެންޗެސްޓަ ޔުނައިޓެޑެވެ.

މި މުބާރާތުގައި މި ގުރޫޕްގެ ސެމީފައިނަލްގެ ދެވަނަ މެޗް އޮންނާނީ މިއަންނަ ހަފްތާގައި ވިލަރެއާލް ދަނޑުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން