ރައީސް މުޙައްމަދު ނަޝީދު މަސައްކަތްކުރަށްވަނީ ރައީސް މައުމޫންގެ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރު ކުރުމަށްކަމުގައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްގައްޔޫމަށް ވިދާޅުނުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އާދަމް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުޙައްޤުން ކަމަށް ރައީސް މައުމޫނަށް ވިދާޅު ނުވެވޭނެ ސަބަބުތަކެއް ހުރި ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް އިއްވާފައިވާ ޙުކުމް އިއްވާފައިވަނީ، ރައީސް މައުމޫންވެސް ހިމެނޭ ކޯލިޝަނަކުން އުފައްދާފައިވާ ސަރުކާރަކުން ކަމަށްވުމުން އެހުކުމަކީ ސިޔާސީ އަދި ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ޙުކުމެއް ކަމަށް ބުނުމުގެ ފުރުސަތު ރައީސް މައުމޫނަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެފަދަ ވާހަކަފުޅެއް ރައީސް މައުމޫން ވިދާޅުވެއްޖެނަމަ، އެއީ ރައީސް މައުމޫނުގެ އެމްއާރްއެމްގެ ކުށެއް ކަމަށް ދައްކައި، ރައީސް ނަޝީދުގެ ރޭއްވެވުމުން ރައީސް މައުމޫނުގެ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށްލާނެ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.
މަނީ ލޯންޑަރިންގެ ކުށުގައި، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފައްދައި، މަސައްކަތްކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަން ރޫޅުމާ އެކު އެމަނިކުފާނުގެ ދިފާއުގައި ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނާނެ ކަމަށް ރައީސް މައުމޫނުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ، ރައީސް ޔާމިން ޖަލަށްލީ ނުހައްގުން ކަމަށް ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްގައްޔޫމަށް ވިދާޅުނުވެވޭނެ ކަމަށް ވިދާޅުވެ ޣައްސާނަށް ރައްދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު