މަޖިލިސްތެރޭގައި މިރޭ ހިނގި ހަމަނުޖެހުމުގެ ތެރެއިން ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް (ވ) އަދި ހަމަލާތަކަށް ފަހު ނަގާފައިވާ ކަމަށްބުނާ ނައިފަރު ދާއިރާގެ މެންބަރ ޝިޔާމުގެ ފޮޓޯއެއް
މަޖިލިސްތެރޭގައި މިރޭ ހިނގި ހަމަނުޖެހުމުގެ ތެރެއިން ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް (ވ) އަދި ހަމަލާތަކަށް ފަހު ނަގާފައިވާ ކަމަށްބުނާ ނައިފަރު ދާއިރާގެ މެންބަރ ޝިޔާމުގެ ފޮޓޯއެއް
މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ޖަލްސާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމަށް އަނިޔާކުރުމަށް އެންގެވީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދިޔަ ޖަލްސާގެ ތެރެއިން ހަމަނުޖެހުން ހިންގައި ބައެއް މެމްބަރުންނަށް އަނިޔާވެފައިވާ މައްސަލައިގައި ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލްސާ ކުރިއަށް ގެންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށާއި، މި ޖަލްސާގައި ހަމަނުޖެހުން ހިންގައި، މެމްބަރު ޝިޔާމަށް އަނިޔާކުރުމަށް އެންގެވީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ކަމަށެވެ. މެމްބަރު ޝިޔާމް މަޖިލީހުން ނެރުމަށާއި، އޭނާގެ ގައިގައި ތަޅާލުމަށް ރައީސް ނަޝީދު ވިދާޅުވި އަޑު އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެމްބަރުންވެސް ހެކިވާނެ ކަމަށް ޕީޕިއެމްގެ ބަޔާނުގައިވެއެވެ

"ޝިޔާމްގެ ހަށިކޮޅަށް އަތްލާ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ، އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ އެންގެވުމަށް ޝިޔާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، މިވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ރޭގެ ޖަލްސާ ހިނގަމުންދަނިކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ޖަލްސާ ކުރިއަށް ގެންދަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ތިން ފަހަރު ނަން އިއްވުމުންވެސް ޝިޔާމް ތަޅުން ދޫ ނުކުރެއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަނީ އޭނާ ތަޅުމުން ގަދަކަމުން ނެރެފަ އެވެ.

މަޖިލިސް ހޫނުވި ގަޑީގައި މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައިވެސް ހައްދަވާފައެވެ. ޝިޔާމް ތަޅުމުން ނެރުނު އިރު އޭނާ ލައިގެން ހުރި ގަމީސްވެސް ވީދައިގެން ގޮސްފައިވާ ކަމަށް ވެއެވެ. އަދި ޝިޔާމަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާ ކަން ވެސް ފާހަގަ ކުރެވިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯތަކަށް ބަލާއިރު ޝިޔާމު ނެރުމަށް މަޖިލީހުގެ ރައީސް އިޝާރާތް ކުރައްވާ މަންޒަރުވެސް ފެނެއެވެ. އަދި މަޖިލީހުގެ ރައީސް ރިޔާސަތުން ތެދުވެ ވަޑައިގެން ހަމަނުޖެހުން ހިނގަމުންދިޔަ ސަރަހައްދަށް ވަޑައިގެން ހުންނެވި މަންޒަރުވެސް ބައެއް ވިޑިއޯތަކުން ފެނެއެވެ.

އަދި މިރޭގެ މި ހަމަނުޖެހުން ހިނގަމުން ދިޔައިރު އެޗްޕީއޭއިން ޖަލްސާ ބާއްވަން ހުއްދަ ކޮށްފައިވާ ގައިދުރުކުރުމުގެ އުސޫލު މުޅިން ގެއްލި މެންބަރުން އެކަކު އަނެކަކާއި ޖެހި ފިތިގެން އުޅުއްވަމުން ގެންދެވި މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ރައްޔިތުންގެ މަޖިލީހުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގައި އެމްޑީޕީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ބުނެ ޝިޔާމް ވަނީ އެމައްސަލަ ފުލުހުންނަށް ވެސް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


17

ރައްޔިތުން

03-Jun-2020

ކަލޭމެން އެންމެން ތިޔަ ޖެހުނީ ކޮވިޑް 2020


9

ރައްޔިތުން

02-Jun-2020

ނަޝީދު ރިޔަސަތުން ތިޔަ ހިންގި ޖަރީމާ އަކީ ކުށެއް، އެކަމަކު އެކުށުގެ އަދަބަކީ ކޮބާ؟ އަދި އެދަބު ކަނޑައެޅެނީ ކިހެނެއް؟ އެކަން ބަލާނީ ކާކު؟ އެކަމުން އަނިޔާ ލިބުނު މީހާގެ ޙައްޤުގެ ހިމާޔަތަކީ ކޮބާ؟ ޤައުމުގެ މަޖިލިސް ގުޅަ ކުޅޭ ފަސްގަނޑަށްވެ އަމީންދީދީ ގެ މަތިން ހަނދާން އާކޮށްދޭ ނޫންތޯ؟


6

ތިމަންނަ

02-Jun-2020

ޒުވާބު ޚާނާގައި ހިންގާ ބަކަރި ކޮށީ ޖަލްސާ



ޓްރެންޑިން