ވަޒީފާ އަދާކުރާ މާހައުލު ނުވަތަ ކުންފުނި އަވަސް އަވަހަށް ބަދަލު ކޮށްލުމަކީ މިހާރު އާންމުކަމެކެވެ. އަހަރެއްގެ ތެރޭގައި އެތައް ތަފާތު ކުންފުންޏަކަށް ބަދަލުވާމީހުންވެސް މިހާރު މަދެއް ނޫނެވެ.
ނަމަވެސް މިފަހަރު މިވަނީ އެއްކުންފުންޏެއްގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފެއްގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތަށް 100 އަހަރުގެ މީހެއްގެ ނަން އަރައިފައެވެ.
އުމުރުން 100 އަހަރުގެ ވަލްޓަރ އޯރތޮމެން ނަމަކަށް ކިޔާ މިމީހާ ގިނިސް ވޯލްޑް ރިކޯޑް ފޮތަށް އަރާފައިވަނީ އެއް ކުންފުންޏެއްގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ 84 އަހަރު އެއް ކުންފުންޏެއްގައި މަސައްކަތްކޮށްފައެވެ.
އޭނާގެ އުމުރުން 15 އަހަރު، ޓެކްސްޓައިލް ކުންފުންޏެއްގެ ޝިޕިންގ އެސިސްޓަންޓުގެ މަގާމުން ފެށި ކެރިއަރގައި މިހާރު އޭނާ އަކީ ކުންފުނީގެ ސޭލްސް މެނޭޖަރުވެސްމެއެވެ.
އުމުރުން ދުވަސްވިނަމަވެސް އޭނާ ދަނީ އަދިވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު