ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެންގިޔަސް މަޖިލީހުގެ މެނަބަރަކު މަޖިލީހުގެ ތަޅުމުން ނެރުމުގައި އެހެން މެންބަރުން ބައިވެރިވުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި އެއީ ކުށެެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ނަން އިއްވައި ބޭރަށް ނުނިކުމެއްޖެ ކަމުގައިވާނަމަ އަމަލުކުރަން ޖެހޭ އުސޫލަކީ، މަޖިލިސް މެދުކަނޑާލާ ސެކިއުރިޓީން ލައްވާ އެ މެންބަރަކު ބޭރަށް ނެރުން ކަމަށެވެ. އެއާ ހިލާފަށް މަޖިލީހުގެ ރިޔާސަތުން އެހެން މެންބަރުންނަށް އަންގައިގެން މެންބަރަކު ބޭރަށް ނެރުމަކީ ހުއްދަކަމެއް ނޫން ކަމަށާއި، އެއީ ކުށެއް ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.
"މެމްބަރެއްގެ ނަން އިއްވުމުން ބޭރަށް ނުދާނަމަ މަޖިލިސް މެދުކަނޑާލައި ސެކިއުރިޓީން ލައްވައި އެމެމްބަރަކު ނެރެންޖެހޭނީ، އެހާޚިލާފަށް ރިޔާސަތުން މެމްބަރުންނަށް އަންގައިގެން މެމްބަރުން ލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަ ކަމެއް ނޫން. އެފަދަ އަަމަލެއް ކުރުމަކީ ކުށެއް." 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތަކެއްގެ ރިޔާސަތު ބަލަހައްޓަވާފައިވާ މޫސަ ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ރީކޯ މޫސަ ނައިބްރައީސްގެ މަގާމު އަދާކުރެއްވި ދުވަސްވަރު ރިޔާސަތުގެ ކުރިމަތީގައި ވަރުގަދަ ފެންސެއް ވެސް ވަނީ ޖަހާފައެވެ. އެކަންް އެގޮތަށް ކުރީ އޭރުގެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖްކޮށް މަޖިލީހުގެ ރައީސް އިންނަވާ ގޮނޑި ކޮޅު ކައިރިއަށް ދިޔުން ހުއްޓުވުމަށްޓަކައެވެ.
ރައްޔިތުންގެ މަޖިލީހުގައި ރޭ މެންދަމު ކުރިޔަށްދިޔަ ޖަލްސާގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމު އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަން ރިޔާސަތުން އިއްވެވުމުންވެސް މަޖިލީހުގެ ތަޅުން ދޫކުރައްވައި ޝިޔާމް ނުކުމެވަޑައި ނުގެންނެވުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުގެ އަމުރަށް އެމްޑީޕީގެ މެމްބަރުން ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.
މަޖިލިސް ޖަލްސާ ހޫނުވި ގަޑީގައި މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައިވެސް ހައްދަވާފައެވެ. ޝިޔާމް ތަޅުމުން ނެރުނު އިރު އޭނާ ލައިގެން ހުރި ގަމީސްވެސް ވަނީ ވީދާލާފައެވެ. އަދި ޝިޔާމަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯއްދަވާފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނަނީ ޝިޔާމްގެ މައިބަދައިގެ ކަށިގަނޑެއްގައި ރެނދެއް ލާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގައި އެމްޑީޕީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ބުނެ ޝިޔާމް ވަނީ އެމައްސަލަ ފުލުހުންނަށް ވެސް ހުށައަޅުއްވާފައެވެ.
މީގެކުރިން މަޖިލީހުގައި ނަންއިއްވާ މެމްބަރުން ތަޅުމުން ނުކުމެވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާނަމަ އެކަން ކުރަނީ މަޖިލީހުގެ ސެކިއުރިޓީ އިންނެވެ. އެހެން ނަމަވެސް މަޖިލީހުގެ މެމްބަރުންތަކެއް ބައިވެރިވެގެން، ގަދަކަމުން އެހެން މެމްބަރަކު ނެރުނު މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު