ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން
ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން
ރައްޔިތުންގެ މަޖިލީހުގައި ރޭ ހިނގާ ދިޔައީ މަޖިލީހުގެ ޤަވާއިދުން ބޭރުން ހިނގާދިޔަ ކަމެއް ކަމަށް ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު ވިދާޅުވީ ރޭ މަޖިލިސް ތެރޭގައި ހިނގާދިޔަ ކަންތައްތަކަކީ މަޖިލީހުގެ ޤަވާއިދުން ބޭރުން ހިންގާފައިވާ އަމަލުތަކެއް ކަމަށާއި މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގުމަކީ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ރޭގެ ޖަލްސާގައި ހަމަނުޖެހުން ހިނގާފައިވަނީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ ތަޅުމުން ބޭރު ކުރަން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ ޤަވާޢިދުގެ ބޭރުން ޝިޔާމް މަޖިލީހުން ބޭރުކުރުމުގެ މަސައްކަތް ކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގައި ރޭ ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި މަޖިލީހުގައި ހިނގާފައި ވަނީ ދެރަވަރު ހާދިސާއެއް ކަމަށާއި، ރޭ މަޖިލީހުގައި ހިނގާފައި ވަނީ ހުތުރު އަދި ލަދުވެތި އަމަލު ތަކެއް ކަމަށެވެ.

ރޭގެ ޖަލްސާގައި، މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުންވެސް ވަނީ ޝިޔާމް ނެރުމަށް މަސައްކަތް ކޮށްފައެވެ. އަދި ބައެއް މެމްބަރުން ވަނީ ޝިޔާމް ނުނެރެވޭނެ ކަމަށް ބުނެ، ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް ހުރަސް އަޅާފައެވެ. މި ހަމަނުޖެހުމުގައި، މެމްބަރު ޝިޔާމަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ މައްސަލަ ޝިޔާމްގެ ފަރާތްޕުޅުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން