ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް
އެމްޑީޕީން ބުނާ އިންސާފުގެ ދަތުރަކީ ބާރުތައް އަންބޮޑިއަށް ޖަހަން ކުރި ދަތުރެއް ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތަށް އިދިކޮޅު ކޯލިޝަނުން ހުރަސް އަޅާ ކަމަށް ބުނެ، ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބާއްވާފައިވަނީ ރޭގެ ދަންވަރު 1:30 ގައެވެ. އެ ޖަލްސާ މެންދަމު ބާއްވަން ޖެހުނީ އިދިކޮޅު ޕާޓީ ތަކުގެ އެއްބާރުލުން ނުލިބުމުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޖަލްސާގައި އެކަމަށް ރައްދު ދެއްވައި، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭގޮތަށް މަސައްކަތް ކުރަށްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

"ކަޅު އަދިރި ރެޔެއްމާ، ކަޅު ހިލަތަކުގެ މަތީގައި، ކަޅު ހިނި ހިރޭ ހިރުންވެސް، ދެނެވޮޑިގަތުން މަތީވީ، ބައެއްގެ އަމިއްލަ މަންފާ އާއި ބާރުވެރި ކަމުގައި އަބަދަށް ތިބުމަށް އިންސާފުގެ ދަތުރަކީ ދެއްކި ހުވަފެނެއް، އިންސާފުގެ ދަތުރަކީ ބާރުތައް އަންބޮޑިއަށް ޖަހަން ކުރި ދަތުރަކަށްވެ ނިމިއްޖެ." ނިމާލް ވިދާޅުވެފައި ވެއެވެ.

ނިމާލް ވިދާޅުވީ، 1 ފެބްރުއަރީ 2018 ގައި ޝަރުޢީ ނިޒާމްގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ރޭގެ ދަންގަޑީގައި ދިވެހީން ނިދާފައި ތިއްބާ ދިވެހި ދުސްތޫރީ ޙަޔާތަށް އަނެއްކާވެސް ބަޣާވާތެއް ގެނަސްފިކަމަށެވެ.

އޭނާ ވިދާޅުވީ "މިއީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްކަން ވިސްނިއްޖެ ކަމަށާއި ނުރަނގަޅު ގަވާޢިދެއް ގާއިމްވުން ނޫން ކަމެއް ނުފެނުނު" ކަމަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން ޖަލްސާއިން ނުކުމެވަޑައިގަންނަވަން ޝިޔާމް ދެކޮޅު ހެއްދެވުމުން އެމްޑީޕީ މެމްބަރުން އޭނާ ތަޅުމުން ނެރެން މަސައްކަތް ކުރުމުގައި ހަމަނުޖެހުންތަކެއް ހިނގާ ޝިޔާމަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާތަކާއެކު ޝިޔާމް ވަނީ ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ވެސް ހޯއްދަވާފައެވެ.

އިދިކޮޅު ކޯލިޝަނުން އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު، ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމެކެވެ.

ރޭގެ ހިނގާދިޔަ ކަންކަމާއި ގުޅުވައިގެން އެމްޑީޕީގެ މެންބަރުން ގެންދަނީ ރައީސް ޔާމިންގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ އެތެރެއާއި ބޭރުގައި ހިނގާފައިވާ ކަންކަމުގެ ވިޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް ރޭގައި ހިނގާފައިވާ ކަންކަމާއި އަޅުވާ ކިޔަމުންނެވެ. މީގެ ޖަވާބުގައި ބައެއް މީހުން ބުނެފައި ވަނީ ބަޔަކު ގޯސްކޮށް ކަންކަން ކުރުމަކީ ދެން އަންނަ ބަޔަކު ހަމަ އެއުސޫލުން އެގޮތަށް އަމަލު ކުރުން ނޫންކަމަށާއި އެމްޑީޕީއައީ އެކަންކަން އިސްލާހުކޮށް ހެޔޮވެރިކަމެއް ކޮށްދިނުމަށް އައި ބައެއް ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ކުރީގައި މެންބަރުން، މެންބަރުންގެ ގަޔަށް އަތްލައި، މެންބަރުން ތަޅުމުން ނެރެން މެންބަރުން ހަރަކާތްތެރިވެފައި ނުވާކަމަށާއި ކުރިން އެކަން ކުރީ ފުލުހުންނާ ސިފައިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވޯޓުވަގު

05-Jun-2020

ރައްޔަތުން ވޯޓުދީގެން ގެނާސަރުކާރެނޫން ވީމާ އަބަދުވެސް ހެދޭނީގޯސް ނިމިދާނީވެސް ގޯހުގެމައްޗަ ގޯސްހަދާގެން އަހަރުމެންގެ ދުވާޔަކީ މިއީ ނަހަލާލު ވެރިކަމެއް ދެމިއެއް ނޮންނާނެ ލޮކުޑޮވުން ކޮއްގެން މިއުޅެނީވެސް ބޮޑެތި ޖަރީމާތަކެއް އެމްޑީޕީން ހިންގަން ކަމައް މިހާރު ގިނަބަޔަކު ބުނަމުން އެބަދޭ


-11

ހަސަންބެ

03-Jun-2020

ކިތަންމެ ހިތްދަތިވިޔަސް ރައްޔިތުން ދިން ބާރުތަކެއް އެއީ. ބަޣާވާތްކޮށްގެން ހޯދި ބާރެއް ނެތް. ލޯބި ލިބޭނީ ލޯބި ހޯދަން އެނގިގެން. ކިބުރުވެރިކަން ދައްކައިގެން ލޯތްބެއް ނުލިބޭނެ. ތަރަށްގީއޭ ކިޔާފަ ކިބުރުވެރިކަން ދައްކާފަ ޚަޒާނަާ ފޫދުއްވާލީމަ ލިބޭނީ ޖަލުގޮޅި. ދެން ފިއްތާލާ!😡



ފަހުގެ ލިޔުންތައް

ޓްރެންޑިން