ކޮވިޑް އަދިވެސް އެބައުޅޭ ކަމަށާއި އެހެންކަމުން ކުޑަކުދިންނަށް ރަނގަޅަށް ބަލައިގެން ގެންގުޅުމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިލްތިމާސްކުރަށްވައިފިއެވެ.
ދެއަހަރެއްހާ ދުވަހަށްފަހު ރާއްޖޭގައި އިއުލާންކޮށްފައިވާ ކޯވިޑްގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މާރޗް މަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. މީގެއިތުރުން ރަށްރަށަށް ދަތުރުކުރާއިރު ނުވަތަ ރާއްޖެ އަންނައިރު މިހާރު ޕީސީއާރު ޓެސްޓެއްވެސް ބޭނުމެއްނުވާނެއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއްދީފައިވަނިކޮށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިއްޔެ ވިދާޅުވީ ކޮވިޑް އަދިވެސް ރާއްޖޭގައި އެބައުޅޭ ކަމަށެވެ. އަދި އެ ރޯގާ އެހާއަވަހަށް ނިމުމަކަށް ނާންނާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ހަމައެއާއެކު އެރޯގާ އަކީ ކުޑަކުދިންނަށް އަދިވެސް ނުރައްކަލެއްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.
"އިއްޔެނޫން އިހައްދުވަހު ހުމާއެކު ފިޓުޖެހިގެން އައި ކުއްޖަކު ޓެސްޓުކޮށްލީމަވެސް ކޮވިޑަށްވީ. އެކުދިން ބަލާލައިގެން ގެންގުޅޭތި." ޑރ. ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ދުނިޔޭގައި ޕެންޑެމިކްގެ ހާލަތު އެބައޮތްކަމަށާއި ނަމަވެސް ރާއްޖޭގައި އޮމިކްރޯންގެ ހާލަތު ފަހަނައަޅައިގޮސް ކޭސްތަކުގެ އަދަދު މިހާރު ދަށްވެފައިވާކަމަށެވެ. އެހެންކަމުން ކޮންމެހެން އިމަރޖެންސީ ހާލަތު ބާއްވާކަށް މިހާރު ނުޖެހޭނެކަމަށާއި ފިޔަވަޅުތައް އުވާލާފައިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުކަމަށް ނަސީމު ވިދާޅުވިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 179،483 މީހުންނެވެ. މިބަލީގައި ރާއްޖެއިން 298 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑު އަދިވެސް އެބައުޅޭ.
— Ahmed Faisal (@Faisalnaifaru) May 9, 2022
ދެންހިއެއްނުވޭ އަވަހަށް ދާނެހެނެއްވެސް.
އިއްޔެނޫން އިހައްދުވަހު ހުމާއެކު ފިޓުޖެހިގެން އައި ކުއްޖަކު ޓެސްޓުކޮށްލީމަވެސް ކޮވިޑަށްވީ.
އެކުދިން ބަލާލައިގެން ގެންގުޅޭތި.
ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ދުނިޔޭގައި ޕެންޑެމިކްގެ ހާލަތު އެބައޮތްކަމަށާއި ނަމަވެސް ރާއްޖޭގައި އޮމިކްރޯންގެ ހާލަތު ފަހަނައަޅައިގޮސް ކޭސްތަކުގެ އަދަދު މިހާރު ދަށްވެފައިވާކަމަށެވެ. އެހެންކަމުން ކޮންމެހެން އިމަރޖެންސީ ހާލަތު ބާއްވާކަށް މިހާރު ނުޖެހޭނެކަމަށާއި ފިޔަވަޅުތައް އުވާލާފައިވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުކަމަށް ނަސީމު ވިދާޅުވިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 179،483 މީހުންނެވެ. މިބަލީގައި ރާއްޖެއިން 298 މީހަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ހިޔާލު