ޝިދާތާ ކަތިލީ ފެންވެސް ނުދީ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މި ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާއާއި އެއްގޮތަށް ހެދިފައިނުވާތީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޤާމުގެ މަސްއޫލިއްޔަތު އުފުއްލަވާފައި ނުވާ ކަމަށްބުނެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާ ތަޅުމަށް ފޮނުވި ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލުމާއި ގުޅިގެންނެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ސަރުކާރު ގެނައުމަށް އެންމެ ބޮޑު މައިދާނީ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކަމަށާއި، އެހެން ނަމަވެސް އޭނާ "ކަތިލީ" ފެންވެސް ނުދީ ކަމަށެވެ.
މި ސަރުކާރުން ޒަހާ އަށް ވީމާ ހެދީ ވަކި ގޮތެއް ކަމަށާއި، ޝިދާތާ އަށް ވީމާ ވަކި ގޮތެއް ކަމަށް ވިދާޅުވެ ޝަހީމް ވަނީ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި މިހެން ބުނުމުން ގޯސްވާނީ މިހެން ބުނާ މީހާ ކަމަށާއި، މި ސަރުކާރުގެ އިންސާފު ހުރި މިންވަރަކީ މިއީ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ މަޤާމުގެ މަސްއޫލިއްޔަތު ނުއުފުއްލަވާ ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމެވުމާ ގުޅިގެން މިނިސްޓަރ ޒަހާ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. ޒަހާގެ ސިޓީގައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ބައެއް ގަވާއިދުތައް ހެދުމަށް ފަހު، ހުސްވު މޭމަހުގެ އެންމެ ފަހު ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ވަނީ އަންގަވާފައެވެ. އެހެން ކަމުން ކޮމިޓީގެ ރިޕޯޓް އިތުރަށް ދިރާސާ ކުރަން އަލުން ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ޖެންޑަރ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވި ކަމަށް ބުނެ ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށް އޭނާ މަގާމުން އަޒުލު ކުރުމަށް ހުރިހާ ކަމެއް ނިމިފައިވާތީ އެކަން ކުރައްވަން މަޖުބޫރުވެގެންނެވެ.
ޝިދާތާއަކީ ދާޚިލީ ވަޒީރު، އިމްރާން ޢަބްދުﷲ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީއަށް ކޯލިޝަނުން އެޅުނު ބައިގެ ތެރޭގައި ހިމެނިގެން އެޕާޓީގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ޝިދާތާ އިސްތިއުފާ ދެއްވުމުން އެމަގާމު ދެއްވީ އަދާލަތުގެ ބޭފުޅަކަށް ނޫނެވެ.
ޝިދާތާއަކީ އޭރުގެ އިދިކޮޅު ކޯލިޝަންގައި ޖަލްސާ ތަކާ ރެލީ ތަކާއި މަގުމަތީގެ ސީދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އިމްރާން މިނިވަން ކުރުމަށް އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ބޭޅެކެވެ.

ކިޔުންތެރިންގެ ހިޔާލު