ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު 12 ދާއިރާއަކުން 48 އެވޯޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑްތަކަށް ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެވޯޑްދޭ ކެޓަގަރީތަކަކީ، އެވޯޑް ފޯރ ސްޓާފް އެކޮމޮޑޭޝަން، އެވޯޑް ފޯރ ސްޓާފް މީލްސް، އެވޯޑް ފޯރ ސްޓާފް ރެކްރިއޭޝަން/އެންޓަޓެއިންމަންޓް، އެވޯޑް ފޯރ ހެލްތް ކެއަރ، އެވޯޑް ފޯރ ސޭފް ވާރކް އެންވަޔަރަމަންޓް، އެވޯޑް ފޯރ ޕަރޗޭސް އޮފް ލޯކަލް ފްރޮޑަކްޓްސް، އެވޯޑް ފޯރ ލޯކަލް ކަލްޗަރަލް ޕާރފޯމާރސް، އެވޯޑް ފޯރ ލޯކަލް މިއުޒީޝަން، އެވޯޑް ފޯރ ލޯކަލް ޑީޖޭ، އެވޯޑް ފޯރ ހަޔަސްޓް ޕެރިޓީ އޮފް ލޯކަލް ސްޓާފް، އެވޯޑް ފޯރ ހަޔަސްޓް ނަންބަރ އޮފް ފީމެއިލް ސްޓާފް އަދި އެވޯޑް ފޯރ ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް އެވޯޑެވެ.

ޓޫރިޒަމް މިނިސްްޓްރީން ބުނީ މި ކެޓަގަރީތަކުން ރިސޯޓް، ގެސްޓް ހައުސް، ހޮޓެލް، އަދި ސަފާރީތަކަށް ވަކިވަކުން އެވޯޑް ދޭނެކަމަށެވެ. އަދި މީގެއިން ކޮންމެ ކެޓަގަރީއަކުން ޖުމްލަ މާރކްސް އެންމެ މަތިން ހޯދާ އެއްވަނަ، ދެވަނަ އަދި ތިންވަނަ ފަރާތަކަށް އެވޯޑެއް ދެވޭނެއެވެ.

މި ހުރިހާ އެވޯޑުތަކަކީ އަމިއްލައަށް ނަން ހުށަހަޅަންޖެހޭ އެވޯޑުތަކެއްކަމަށާއި މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖޫނުން 30 ޖޫންގެ ނިޔަލަށް ހުޅުވާލެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެވޯޑްތަކާއި ގުޅޭ ކްރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މި އެވޯޑަށް ޓްރޮފީ ޑިޒައިންކުރުމަށް ހާއްސަ މުބާރާތެއްވެސް ވަނީ ފަށާފައެވެ.

އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅު އޮންނަ ޓޫރިޒަމް ވީކުގެ ތެރެއިންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު