ހަނިމާދޫ އެއަރޕޯރޓް؛ އަލުން ބޯޑަރ ހުޅުވަލާއިރު އިތުރު އެއަރޕޯރޓްތަކަށް ޕްރައިވެޓް ޖެޓް ޖެއްސުމަށް ހުއްދަދެނީ
ހަނިމާދޫ އެއަރޕޯރޓް؛ އަލުން ބޯޑަރ ހުޅުވަލާއިރު އިތުރު އެއަރޕޯރޓްތަކަށް ޕްރައިވެޓް ޖެޓް ޖެއްސުމަށް ހުއްދަދެނީ
ރާއްޖެއަށް ގިނައިން އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭތީ އިތުރު ދެތިން އެއާޕޯޓަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ޓޫރިޒަމަށް ރާއްްޖެ އަލުން ހުޅުވައިލާއިރު އުއްމީދުކުރާ ވަރަށް އެއާލައިންތައް ނައުން އެކަށީގެންވާ ކަމަށެވެ.

އަދި އެއާޕޯޓްތަކަށް ޕްރައިވެޓް ޖެޓް ޖައްސަން ހުއްދަ ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުވާ ތަންތަނަށް ކަމަށް ޒުހައިރު ވިދާޅުވިއެވެ. ގައިޑްލައިން ތައްޔާރުކުރަމުން އަންނަނީ އަޔާޓާ އާއި އައިކާއޯ އަދި ރާއްްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.



"ހީވަނީ ބޮޑަށް އަންނާނީ ޗާޓާސް އަދި ޕްރައިވެޓް ޖެޓްސް ހެން. އަޅުގަނޑުމެން މި ބަލަނީ މާލޭގެ އިތުރުން އެހެން ދެތިން އެެއާޕޯޓެއް ވެސް ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަކަށް. އަޅުގަނޑުމެން މި ތައްޔާރުކުރާ ގައިޑްލައިނާ އެއްގޮތަށް އެ ބޭފުޅުންނަށް ތައްޔާރުވެވިއްޖެއްޔާ އެތަންތަނަށް ވެސް އޮޕަރޭޓްކުރަން ހުއްދަ ދޭން." ޒުހަައިރު ވިދާޅުވިއެވެ.

ރާއްޖެ އަށް ދަތުރުތައް ފަށަން ޝައުގުވެރިވާ އެއާލައިންތައްް ގިނަ ކަަމަށާއި ބޯޑަރު އަލުން ހުޅުވާނެ އިރެއް ބަލަން އެ އެއާލައިންތަކުން ގުޅަމުން ވެސް އަންނަ ކަން ފާހަގަކުރައްވަމުން ޒުހައިރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއް ވެސް އަދި ތިބީ ގޮތް ނިންމަން ނޭނގޭ ހާލަތެއްގައި ކަމަށެވެ. އެއާލައިންތައް އައުން ބިނާވާނީ ގައުމުތައް ހުޅުވާ މިންވަރެެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ ޑިމާންޑް އަންނަ ވަރެއް އެގޭނީ ކުރިއަށް އޮތް ދެތިން ހަފުތާ އަށް ބެލުމަށްފަހުގައި ކަމަށެވެ.

އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލާނެ ކަން ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން