ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ހިންގުމަށް ދަތިވާފަދަ ގޮތަކަށް ސަރުކާރާއި ސިވިލްސަރވިސް ކޮމިޝަނުން ވެސް ކަންތައްތައް ކުރަމުން ދާތީ އެކަން އެގޮތަށް ނުކޮށް ކައުންސިލްތަކަށް ގާނޫނުގައި ދޭން ބުނާ ބާރުތައް ދިނުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު މަޖިލީހަށް ފޮނުއްވި ގަރާރުގައިވަނީ، ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ހިދުމަތްތައް ދިނުމަށާއި ކައުންސިލްތަކުގެ ހިންގުމަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.
ކައުންސިލްތަކަށް މިހާރު ދިމާވާ މައްސަލަތައް ތަފުސީލުކޮށް ބަޔާން ކޮށްދީފައިވާ އެ ގަރާރުގައިވަނީ، ކައުންސިލްތަކަށް ގާނޫނީ ގޮތުން ބާރުވެރިކަން ލިބިދީފައި ވީނަމަވެސް ކަންކަން ތަންފީޒު ކުރުމުގައި ވަކިން ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވަމުން ދާކަމާއި، އަދި ސިވިލްސަރވިސްގެ ތެރެއިން ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އެގޮތުން މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މުވައްޒަފުން ހޯދުމަށް އެދުމުން، އެކަން ކޮށްނުދެއްވާ ރުކުރުވާލައިގެން މަސައްކަތްތައް ކުރުމަށް ސިވިލްސަރވިސްއިން އަންގާފައިވާ ކަމަށާއި، ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށް ކައުންސިލްތަކުގެ އާމްދަނީން ހަރަދުކޮށްގެން މުވައްޒަފުން ނެގުމަށް ސިވިލްސަރވިސް ކޮމިޝަނުގައި އެދުމުން ވެސް މުވައްޒަފުން ނެގުމަށް ހުއްދަ ނުދީ ހިފަހައްޓާކަން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ވަޒީފާ ހަމަޖެއްސުމުގެ މަރުހަލާގައި ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމާއި އަދި އެ ހުއްދަ ލިބުމުން ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން އެޕްރޫވްވާން ގިނަ ދުވަސްތަކެއް ހޭދަވާކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ އޮނިގަނޑު ފާސްކޮށް ނުދީ ކޮމިޝަނުން ދިގުދައްމަމުން ދާކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލްތަކަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ގިނަ ކައުންސިލްތަކުގެ އޮނިގަނޑު ފާސްވެފައި ނުވާކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، މުސާރައާއި ނުބައްދަލު މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ސަބަބުން މަސައްކަތް ލަސްވެ، ދޭހިދުމަތްތަކަށް މަޑުޖެހުން އަންނަކަމަށާއި، އަދި ކޮންޓްރެކްޓަށް މުވައްޒަފުން ނެގުމުގައި ވެސް ބޮޑެތި ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ، ރަށްރަށުގެ ލޭންޑްޔޫސް ޕްލޭންތައް ނުހެދި ލަސްވެފައިވާއިރު، މިހާރު ރަށްރަށުގެ ބިމުގެ ކަންކަން ނިންމަމުން ދަނީ މިނިސްޓްރީތަކުން ކަމަށާއި އަދި އެގޮތަށް ނިންމާ ކަންކަމުގެ މައުލޫމާތު އަތޮޅު ކައުންސިލްތަކާއި ހިއްސާ ނުކުރާ ކަމަށާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އެއްވެސް ބަހެއްނެތި ރަށްރަށުގެ ކަންކަން މިނިސްޓްރީތަކުން ނިންމަމުން ދާކަމަށެވެ.
އެކަންކަން އެހެން ހުރުމުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ދޭންޖެހޭ ހިދުމަތްތައް ނުދެވި އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވަމުންދާތީ ގަރާރުގައި ފާހަގަ ކޮށްފައިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރުމުގެ ގޮތުން އެ ގާރާރު ހުށަހެޅީކަމަށް އޭގައި ބުނެފައިވެއެވެ.
އިދިކޮޅުން މިފަދަ ގަރާރެއް ހުށަހަޅާފައިވާއިރު، މިއީ ކައުންސިލްތަކުން ވެސް ތަކުރާރުކޮށް ކުރަމުންދާ ޝަކުވާއެކެވެ.

@mvpeoplesmajlis އިން މި ގަރާރު ބަލައިގަނެ ކައުންސިލްތަކަށް ހައްލު ހޯއަދަވައި ދެއްވާނެ ކަމަށް ޔަގީން ކުރަން! އެމް.ޑީ.ޕީ މެޖޯރިޓީ އޮތް ކައުންސިލަކަށް ވީހިނދު ލާމަރުކަޒީ ޤާނޫނު ވުޖޫދު ކުރި މަގުސަދު ހިފަހައްޓާ އެމަގުސަދުގައި ކައުންސިލްތައް ހިންގޭނެ ގޮތް ހޯއްދަވައި ދެއްވާ! https://t.co/yFIXUbYmUW
— Ahmed Narysh (@ahmed_narysh) May 23, 2022
އަދި ވަޒީފާ ހަމަޖެއްސުމުގެ މަރުހަލާގައި ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމާއި އަދި އެ ހުއްދަ ލިބުމުން ސިވިލްސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން އެ ކޮމިޝަނުން އެޕްރޫވްވާން ގިނަ ދުވަސްތަކެއް ހޭދަވާކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ އޮނިގަނޑު ފާސްކޮށް ނުދީ ކޮމިޝަނުން ދިގުދައްމަމުން ދާކަމަށާއި، އެކަމުގެ ސަބަބުން ކައުންސިލްތަކަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ގިނަ ކައުންސިލްތަކުގެ އޮނިގަނޑު ފާސްވެފައި ނުވާކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، މުސާރައާއި ނުބައްދަލު މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ސަބަބުން މަސައްކަތް ލަސްވެ، ދޭހިދުމަތްތަކަށް މަޑުޖެހުން އަންނަކަމަށާއި، އަދި ކޮންޓްރެކްޓަށް މުވައްޒަފުން ނެގުމުގައި ވެސް ބޮޑެތި ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ.
ގަރާރުގައި ބުނެފައިވަނީ، ރަށްރަށުގެ ލޭންޑްޔޫސް ޕްލޭންތައް ނުހެދި ލަސްވެފައިވާއިރު، މިހާރު ރަށްރަށުގެ ބިމުގެ ކަންކަން ނިންމަމުން ދަނީ މިނިސްޓްރީތަކުން ކަމަށާއި އަދި އެގޮތަށް ނިންމާ ކަންކަމުގެ މައުލޫމާތު އަތޮޅު ކައުންސިލްތަކާއި ހިއްސާ ނުކުރާ ކަމަށާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އެއްވެސް ބަހެއްނެތި ރަށްރަށުގެ ކަންކަން މިނިސްޓްރީތަކުން ނިންމަމުން ދާކަމަށެވެ.
އެކަންކަން އެހެން ހުރުމުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ދޭންޖެހޭ ހިދުމަތްތައް ނުދެވި އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވަމުންދާތީ ގަރާރުގައި ފާހަގަ ކޮށްފައިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރުމުގެ ގޮތުން އެ ގާރާރު ހުށަހެޅީކަމަށް އޭގައި ބުނެފައިވެއެވެ.
އިދިކޮޅުން މިފަދަ ގަރާރެއް ހުށަހަޅާފައިވާއިރު، މިއީ ކައުންސިލްތަކުން ވެސް ތަކުރާރުކޮށް ކުރަމުންދާ ޝަކުވާއެކެވެ.
ކިޔުންތެރިންގެ ހިޔާލު