ރާއްޖޭގައި ގަވާޢިދާޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 2000 ވަރަކަށް މީހުން މިހާރުވަނީ ފޮނުވާލާފައި
ރާއްޖޭގައި ގަވާޢިދާޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 2000 ވަރަކަށް މީހުން މިހާރުވަނީ ފޮނުވާލާފައި
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ދެހާހެއްހާ މީހުން މިއަދާ ހަމައަށް ޤައުމަށް ފޮނުވާލައިފިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި، މިއަދު ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުކޮށްފައިވާ ކަމަށާއި، އެ ފްލައިޓުން އެ ގައުމަށް ނިސްބަތްވާ 200 މީހަކު ގެންގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.

މިއަދު ގައުމަށް ފޮނުވާލި 200 މީހުންނާއި އެކު ޖުމްލަ މިހާތަނަށް 1993 ބަންގްލަދޭޝް މީހަކު ވަނީ ގައުމަށް އަނބުރާ ފޮނުވާލައިފައެވެ. މިހާތަނަށް ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް 9 ފްލައިޓް ވަނީ ބާއްވާފައެވެ.

ބަނގްލަދޭޝްގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބަނގްލަދޭޝްގެ މިލިޓަރީ އެއާ ކްރާފްޓުގައި 68 މީހަކު ފޮނުވާލާފައި ވާއިރު، މޭ 16 ވަނަ ދުވަހު ބީމަން އެއާގައި 353 މީހަކު އަދި 17 ވަނަ ދުވަހު ބަންގަލަދޭޝް މިލިޓަރީ އެއާ ކްރާފްޓެއްގައި 67 މީހަކު ވަނީ އެ ގައުމަށް ފޮނުވާލާފައެވެ.

އަދި މޭ 23 ވަނަ ދުވަހު ފޮނުވާލި 160 މީހަކާއި 22 ވަނަ ދުވަހު ފޮނުވާލި 352 މީހަކާއި، 26 ވަނަ ދުވަހު ފޮނުވާލި 200 މީހުންގެ އިތުރުން 29 ވަނަ ދުވަހު ފޮނުވާލި 198 މީހުންނާއި، 30 ވަނަ ދުވަހު 195 މީހަކާއި، މި މަހުގެ ދެވަނަ ދުވަހު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުން އަންނައިރު މި ބައްޔަށް ރާއްޖޭގައި އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ 54.22 އިންސައްތައަކީ ބަންގަލަދޭޝް މީހުންނެވެ. އެއީ ނަންބަރުން ބަލާނަމަ 1015 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން