އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަރޕޫލަށް ކުޅޭ ހުނަރުވެރި ފޯވާޑް ސާޑިއޯ މާނޭ 35.1 މިލިއަން ޕައުންޑަށް، ޖަރުމަން ބުންޑަސްލީގާގެ ބަޔާން މއުނިކްއަށް ވިއްކާލުމަށް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން 27.4 މިލިއަން ޕައުންޑަކީ ކުޅުންތެރިޔާގެ އަގެވެ. އަދި ބާކީ ފައިސާއަކީ އޭނާ ކުޅޭ މެޗުތަކުގެ އަދަދާއި ޓީމާއި، ކުޅުންތެރިޔާއަށް ލިބޭ ކާމިޔާބީއަށްފަހު ލިބޭނެ ފައިސާއެކެވެ.
އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ލިވަރޕޫލްގެ އެއްބަސްވުމެއްގައި ހުރި 30 އަހަރުގެ މާނޭ ހޯދުމަށް ބަޔާންއިން މީގެ ކުރިން ހުށަހެޅި ދެ ހުށަހެޅުންވެސް ލިވަރޕޫލުން ގަބޫލެއް ނުކުރިއެވެ.
ސެނެގާލްގެ ފޯވާޑް މާނޭ ލިވަރޕޫލާއި ގުޅުނީ 2016 ވަނަ އަހަރު ސައުތެމްޓަނުން، 31 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
ެެއޭނާ ވަނީ 2019 ވަނަ އަހަރު ލިވަރޕޫލަށް ޗެންޕިއަންސް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އަދި މިއަހަރުގެ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގުގެ ރަނަރަޕްކަން ލިވަރޕޫލަށް ލިބިފައިވާއިރު، އެކަމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. އަދި ސެނެގާލްއާއެކު އެފްރިކަން ކަޕް އޮފް ނެޝަންސްވެސް ކާމިޔާބުކޮށްފައިވެއެވެ.
ބެލެވޭ ގޮތުގައި މާނޭ އަކީ ލެވޮންޑޮސްކީގެ ބަދަލުގައި ބަޔާންއަށް ހޯދާ ކުޅުންތެރިޔާއެވެ. ލެވެންޑޯސްކީ އަންނަ ސީޒަނުގައި ފެންނާނީ ބާސެލޯއިންކަަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު