ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރައީސް ޔާމީންގެ ވެރިކަމުގައި ނިންމި 7000 ފްލެޓް 2 އަހަރު ތެރޭގައި ރައްޔިތުންނާ ޙަވާލު ނުކުރެވުނު ބަޔަކަށް ތިން އަހަރުން 20000 ފްލެޓް ނޭޅޭނެ ކަމަށް ބުނެ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މި ސަރުކާރަށް ޗެލެންޖު ކުރަށްވައިފިއެވެ.

ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިންނީން ލައްވާ މަސައްކަތްކޮށްގެން ނޫން ގޮތަކަށް 20000 ފްލެޓް މި ސަރުކާރުގެ ބާކީ އޮތް ތިން އަހަރުގެތެރޭގައި އެޅޭނެހެން ހީނުވާ ކަމަށެވެ.

"ޖިންނީން ލައްވާ މަސައްކަތްކޮށްގެން ނޫން ގޮތަކަށް ހީއެއް ނުވޭ 20000 ފްލެޓް ތިން އަހަރުތެރޭ އެޅޭނެހެން. އަޅާފައި ހުރި 7000 ފްލެޓް ދެ އަހަރުތެރޭ ހަވާލު ނުކުރެވުނު." ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 ފުލެޓަކީ ކޮތަރު ކޮށިތަކެއް ކަމަށް ވިދާޅުވެ އެއީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައީސް ނަޝީދު މިއަދު ވަނީ ސިފަކުރައްވާފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، 500 އަކަ ފޫޓުގެ ބޮޑުމިނުގައި ހުޅުމާލޭގައި ފުލެޓްތަކެއް އަޅާފައިވަނީ ކޮތަރު ކޮށިތަކެއް ގޮތަށް ކަމަށެވެ. އަދި މި ފްލެޓްތަކަކީ އަކަ ފޫޓަކަށް 1900 ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ފްލެޓް ތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އެ ފުލެޓްތަކަށް ކުލީގެ ގޮތުގައި 11000 ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ހިޔާ މަޝްރޫޢަށް ރައީސް ނަޝީދު ފާޑު ވިދާޅުވަންވާނީ، އެއަށްވުރެ ރީތި މަންޒަރެއް ދައްކަވާފައި ކަމަށެވެ.

"ތިޔަ ޢިމާރާތްތަކުގެ އުސްމިން ރަމްޒުކޮށްދެނީ ވަރުގަދަ ސިކުނޑިއެއްގެ އުއްމީދީ ތަސައްވަރު. ރައީސް ޔާމީން ރައްޔިތުންދެކެ ލޯބިވީ މިންވަރު،" ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ ޓްވީޓްގައި ވަނީ ރައީސް ޔާމީން އަޅުއްވާފައިވާ 7000 ފްލެޓް ލަސް ނުކޮށް ރައްޔިތުންނާ ޙަވާލު ކުރުމަށް މި ސަރުކާރަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-13

ޖައުފަރު

09-Jun-2020

ކަލޭބަލަން ހުރެބަލަ ސަރުކަރުން ވައުދު ފުއްދައިދޭނެ



ޓްރެންޑިން