ރައްޔިިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އަށް ފާރަލީ ފުލުހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ވަނީ ފުލުހުންނަށް ބޮޑެތި ޖިނާޢީ ތުހުމަތުތަކެއް ކުރަށްވާފައެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ދައުރު އެބަ އޮތްކަމަށް ރައީސް ވަނީ ތުހުމަތު ކުރަށްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އަށް ފާރަލީ ފުލުހެއް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ، މިސާލަކަށް ރިޟްވާނު މަރާލެވުނު މައްސަލާގައި، ފާރަލީ ފުލުހެއް. ހަމަ އެއާ އެކީގައި ޑރ. އަފްރާޝީމްގެ ޤާތިލުންވެސް. އަދި އަޅުގަނޑުމެންނަށް ފަހުން އައިސް މި ފެނުނު ބޮޑެތި މައްސަލަތަކުގައި، ފުލުހުންގެ މުއައްސަސާ އޭގެ ދެފަރާތުގައިވާ މިންވަރު، އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން މިކަމާމެދު ޝައުޤުވެރިކަން ބަހައްޓައި ޢިލްމީ ނަޒަރަކުން މިކަން ބަލަންޖެހޭނެ."

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ދަނީ ފުލުހުންގެ ބައެއް ތަޙްޤީޤުތައް ބަލަމުން ކަމަށާއި، އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤު ހިނގަމުންދާ ގޮތް ބަލަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިމާވާ މައްސަލައަކީ ފުލުސްއޮފީހުގައި އެމްއެމްޕީއާރުސީގެ ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން ތިބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ ތުހުމަތު ކުރެވޭ ފުލުހުން އެ މުއައްސަސާގައިތިބެ އެފަދަ ވައްކަމެއް ބެލުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވަރަށް ބޭނުންތެރި ފުލުސް އޮފީހުގައި ވައްކަމަށް ތުހުމަތު ކުރެވިފައިތިބި ކުދިން، މިހާރުން މިހާރަށްވެސް ސަސްޕެންޑްކުރުން. ކޮށްފައި ނޫނިއްޔާ ވަރަށް އުނދަގޫވާނެ ފުލުހުންގެ ތެރޭގައި ތަހުގީގެއް ރަނގަޅަށް ކުރިޔަށް ގެންދިއުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ކުރާ ބޮޑެތި ފަރާތްތަކާ ފުލުހުންނާ ދެމެދު ގުޅުންތަކެއް އޮތްކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެކަންކަން މެމްބަރުން ބެއްލެވުން ވަރަށް ބޭނުންތެރިކަމަށެވެ. އަދި ރަޔަޓް ފުލުހުންނާއި ގޭންގްތަކާ އޮންނަ ގުޅުންވެސް ބަލަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޑީ ދަޢުލަތެއް އޮތްކަމަށް ރައީސް ނަޝީދު ކުރަށްވާ ތުހުމަތު ތަކުރާރު ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް ތަޙުޤީޤުތައް ވާއެއް ނުވާއެއް ނޭންގި އަނބުރާލެވޭ ކަމަށާއި މިއީ ބަލަންޖެހޭ ކަންތައްތައް ކަމަށެވެ. އަދި އެމްޑީޕީއަށް ވުރެއް ބޮޑަށް ފުލުހުންގެ މުއައްސަސާ ދެފަރާތުން އެނގޭނެ ބައެއް ނުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިންތިޒާމްވެފައި އޮންނަންވީ ގޮތާމެދު މެމްބަރުން ވިސްނަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވެރިން އައްޔަންކުރާ ގޮތާމެދުވެސް ވިސްނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް މިވަގުތު ދީފައިވާ ފުރުސަތަކީ، މި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެމްޑިޕީން އެކަންކުރާނެކަން ކަށަވަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

މޮޔަ

16-Jun-2020

ތީބޮޑުމޮޔައެް


2

ހައްހައް

16-Jun-2020

ނަޝީދޫ ބާރު އޮތް ދުވަހު ނިކަން ފުރުސަތު ގެ ބޭނުން ހެޔޮގޮތުގައި ހިފާބަލަ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އަވަހަށް ފުލުހުންގެ އިދާރާ އުވާލަބަލަ. ޢޭރަށް ކަލޭ ބޭނުން ވާގޮތަށް ވެރިކަމަށް އައުމަށް އެއްވެސް ހުރަހެއް ނެތް. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ިިިިިިިިިިިިިިިިިިިިިިި


3

ނާޝިދު

14-Jun-2020

ސަޅި ކަމަކީ މިއިން ކަމެއްގައި ސިޔާސީ މީހެއް ނުހިމެނޭކަން.


6

ނަކަސް

12-Jun-2020

ދެން އަންނަ ލޮޅުމަކުން މިކަލޭގެ ސަލާމަތް ވާނެހެން ހީއެއްނުވޭ


11

ކަބުލޮ

12-Jun-2020

ނަސީދެއް ކަމަކު އެބުނަނީ ވަރަށް ބޮނޑު ތެދެއް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއަމިއްލަ ލޮލުން ދެކެފައިވާ މަންޒަރުތައް އެބަހުރި..👏👏👍💯


10

ކޮރުބެ

12-Jun-2020

ރ.ނަސީދޫ ފުލުހުން އެއްކޮށް އުވާލެވިދާނެތަ؟؟؟؟


-1

އެސްއޯ

12-Jun-2020

މީނަގެ ގައިގަ ހަބޭހަށް މުގުރުން ތަޅާލަބަލަ ފުލުހުން ނިކުމެ. މި ބޯބުރާންތި އަނގަ މައިތިރިވޭތޯ.މަގޭ އަތުޖެހޭދުވަހަކު ބޮލުގަ ޖެހިޖެހީނުން ދުނިޔެ ރަންކޮށްލާނަން



ޓްރެންޑިން