އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ހިންގި މާރާމާރީތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ ދެ ދުވަހު ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވީ، މަޖިލީހުގެ ރައީސް ގަވައިދާ ޚިލާފުވެ ވަޑައިގެން، މާރާމާރީ ހިންގަވާފައިވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

"މަޖިލީހުގެ ރައީސް މާފަށް އެދިވަޑައިގަންނަވަންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާ ހެން ހިންގަން ހުރި ތަނެއް ނޫން،" ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ކުރެއްވި ޓުވީޓްގައިވެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވަނީ އެއީ ކުރިން ވެސް އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި ހިންގި މާރާމާރީއާ ގުޅިގެން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަަށް ނިންމައި، އިދިދކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ. އިއްޔެ އާއި މިއަދުގެ ޖަލްސާ އަށް ވެސް އެ ކޯލިޝަންގެ މެމްބަރުން ހަޒިރުވެ ވަޑައެއް ނުގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން