މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު، އެ ގާނޫނު ބުނާ ގޮތުން މިނިވަން މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް އައްޔަނު ކުރަން ޖެހެއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހުއެވެ.

އެ މަޤާމުގެ މުސާރައިގެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ވީހާވެސް ކުޑަ މުސާރައެއް ކަނޑައެޅުމަށް ބައެއް މެމްބަރުން ވަނީ ވަކާލާތު ކުރައްވާފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އަށް 35،000ރ. ގެ މުސާރައެއް ދިނުމަށް ނިންމެވީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވި ރިޕޯޓުގައެވެ. އެ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން