މަޖިލިސްގެ ނައިބްރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
މަޖިލިސްގެ ނައިބްރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން މާލޭގައި ހިނގި ހަމަނުޖެހުންތަކުގައި މިހާރުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ދައްކައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އެދިވަޑައިިގަތުމަށް މަޖިލީހުގެ ތަޅުމުގައި އެ ވީޑިއޯ މިއަދު ދައްކާފައިވާއިރު، މިއީ އެފަދަ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ވީޑިއޯއެއް ދެއްކި ފުރަތަމަ ފަހަރެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، އިބްރާހިމް ރަޝީދަށް ފެބުރުއަރީ އަށެއް 2012 ގައިި ކުރި އަނިޔާ ދިވެހި ހުރިހާ ރައްޔިތުން ދުށްކަމަށާއި، އެހެންކަމުން އެ ވީޑިއޯ މަޖިލީހުގެ ތަޅުމުގައި ދައްކައި ދިނުމަށް އެދޭ ކަމަށެވެ.

އީވާ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަނިޔާ ކުރި މީހުން، އަނިޔާކުރި ކަމަށް ރަސްމީ ސިފައެއްގައި އިއުތިރާފުވެ، މައާފަށް އެދިފައި ނުވާކަމަށާއި، ވީކަމެއް އެއީ ނުވާކަމަކަށް ހަދައިގެން ޤައުމައިގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.

"އަނިޔާތަކަށް ރަސްމީ ސިފައެއްގައި މައާފަށް ނޭދޭހާ ހިނދެއްގައި އަޅުގަނޑުމެން މި ތިބެނީ ނުވާ ކަމަކަށް ހަދައިގެން." ރައްޔިތުން މަޖިލީހުގެ ނައިބްރައީސްކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުނު ހަތެއް ފެބްރުއަރީ އާއި އަށެއް ފެބްރުއަރީގައި ހިނގާދިޔަ ބައެއް ކަންކަން ފާހަގަ ކުރައްވައި، އެދުވަހު ފުލުހުން ހިންގި ބައެއް ޢަމަލުތަކަށް އިންސާފު ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިހާރު އޮތް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ، އެމްޑީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި އެކި މުނާސަބާ ތަކުގައި ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަމާއި އަށެއް ފެބްރުއަރީގެ ފުލުހުންގެ އަނިޔާތަކުގެ ވާހަކަ އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ދައްކަވާއިރު މި ސަރުކާރުގެ ފުލުހުންގެ ވެރިއަކަށް ނުވަތަ ހޯމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވީ އެބޭފުޅުން އެދައްކަވާ ހުރިހާ ވާހަކަތަކެއް ރައްށްދުވާ އެންމެ އިސް ފަރާތެވެ. އަދި އެބޭފުޅުންގެ ހޯމް މިނިސްޓަރ މަޖިލީހުގެ ތަޅުމަށް ގެންދަވައިގެން ސުވާލު ކުރައްވާ ދުވަސްތަކުގައި ވެސް ތަކުރާރުކޮށް އެދުވަހުގެ ހާދިސާއާއި ގުޅޭ ސުވާލުތައް ހޯމް މިނިސްޓަރާއި އަމާޒު ކުރައްވާފައި ވީނަމަވެސް އެތުހުމަތު ތަކަށް އެއްބަސްވެ ވަޑައިގެން، މިހާތަނަށްވެސް މާފަށް އެދި ވަޑައިގެންފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

علي وحيد

13-Jun-2020

މާލޭގައި އެއިރު ހުރި 19 ވިލީފުލުހުގެ ތެރެއިން 18 ވިލީފުލުހުގސ އަލިފާން ރޯކޮށް މާލޭގެ ހުރިހާ ޓރެފިކް ލައިޓުތައް ތަޅާ ސުންނާފަތިކޮށް ފުލުހުންނާއި ސިފައިން ދިރިއުޅިމަށްޓަކައި، ސަރުކާރުން ފެއްވާފައޮތް ބަންޑާރަ ކޮށީހެ ދެ ކޮށީގަ ދިރިއުޅުން ދިޔަ އާއިލާތައް ގެދޮރުން ނެރެ މަގުމަތިކޮށް ހެދި ވީޑިއޯ މަޖިލީހުގައި ދެއްކުމަށް ލާދީނީ އީވާ އަށާއި ލާދީނީ އަންނި އަށް ގޮވާލަން


4

ބޮޑު ވަޒީރު

13-Jun-2020

ނަޝީދު ޑެންމާކް ވީޑިއޯ ދައްކަން ބުނީމާ, ނުކެރުން ދައްކާކަށް


-9

ޜަމީޒު

12-Jun-2020

މަޖިލީހުގަ ކުޅުނު " ދަންވަރު" ޑްރާމާ ކޮންނެވެސް ދުވަހަކުން އަދި މަޖިލީހުގެ ތަޅުމުގައި ދައްކާނެ.ދޯ? ޢެދުވަހަކަށް އިންތިޒާރު މި ކުރަނީ


15

މެމްބަރު

12-Jun-2020

ދަނވަރުގަޑީ މަޖިލިސްތަޅުމުގައި ކުޅުނު ފިލްމުގެ ވީޑިއޯ ވެސް ދައްކާލުން ރަނގަޅު. އޭރުންތާ ރައްޔިތުންނަށް އެއީ ހަޤީގަތެއްކަންވެސް އެނގޭނީ. ވެރިކަން ލިބުނީމަވެސް ފުލުހުން ގޯސް, ވެރިކަން ގެއްލުނީމަވެސް ފުލުހުން ގޯސް. އެމް.ޑީ.ޕީ ގެ އިސް ސަފުގަ ތިބި ފަރާތްތަކުގެ ވިސްނުމަކީ ޤައުމު ފަނާކުރުމުގެ ވިސްނުން


-5

ގުދޯ ގުދޯ

12-Jun-2020

12, 13 ގައި ހިގާ ދިޔަ ކަންކަމަށް އެއްވެސް ފަރާތަކުނަ މާފަށް އެދުނުތޯ


7

ގުދޯ ގުދޯ

12-Jun-2020

12, 13 ގައި ހިގާ ދިޔަ ކަންކަމަށް އެއްވެސް ފަރާތަކުނަ މާފަށް އެދުނުތޯ


5

ރާއިޒް

12-Jun-2020

8 ފެބްރުއަރީގައި އެމްޑީޕީން ތަންތަން ރޯކުރި ވީޑިއޯ ވެސް މަދެއް ނޫން. އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ލާދީނީ ފިކުރު


1

ދޮންބެ

12-Jun-2020

ކޮބާތަ 8 ފެބްރުއަރީގައި ގައުމުގައި ހުޅުޖެހި ވީޑިއޯ؟ ރައްޔިތުންގެ މުދަލުގަ ހުޅުޖަހާފަ މައާފަށް އެދުނުތަ؟


22

މޯދީ

12-Jun-2020

ކިތަންމެ ވަރަކަށް ވައްވައްޖެއްސިއަސް ޝޭޚު އިމްރާނުގެ އަޒުމަކަށް ގުޑުން އަރުވައެް ނުވެވޭނެ . ނިކަން ކުޅެލަބަލާ އަދިވެސް ވައްޓާލާނަން. ކޮން ނަޝީދެއް އީވާ އެއްތޯ މާ އަޑު ތޫނުވަ ބާރުވާނެ. ނަޝީދު ހީކުރާހާ ގޮތަކަށް ކަންކަމެއް ނުދާނެ. މިހާރުގެ ރައީސް އަކީ ނަޝީދު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް.


20

ރާފަޅާ

12-Jun-2020

އިމްރާނުނލަދުގަންނަންޖެހޭ ސަބަބެއް ނެތް. އިމްރާނެއްނޫން އޭރު ފުލުހުންގެ ވެރިއަކަށް ހުރީ


13

ހުޅުޖަހާ މިހާ

12-Jun-2020

މުޅިގައުމުގައި ހުޅުޖަހަން ގޮވިފޯން ކޯލްތައްވެސް އަޑު އަހާލަން ބޭނުން


17

ޔުމްނާ

11-Jun-2020

މިސަރުކާރުގަ ނުތިބޭނެލަދު ގަންނަ މީހުނެއް އިމްރާނެއް އައްޔެއް އަހަންމަދެއް ކިޔާނެ ކަމެއް ނެތް...މީ ހަޔާތް ކެނޑިފަ އޮތް ސަރުކާރެއް ދިވެހިރާއް ދުއް އެންމެ ލަދުހަޔާތް ކުޑަ މީހުން ތިބޭނީ އެމްޑީޕީގަ އެމީހުނާ އެހެންބަޔަކު ގުޅުނަސް އެގުޅޭ ބަޔަކަށްވެސް އެމީހުނާ އެކު އުޅެވޭނީ އެދަރަޖަޔަށް ވެއްޓިގެން......ދެން އޮތީ މަޖިލީހުގަ ދެއްކި ފިލްމު..... އެތާ ތިބޭ އަށްޑިހަ އެތައް މެމްބަރުން ބުނާހާ ވީޑިއޯ ދައްކަ ދިނުމަކީ އިންސާނެއްގެ ހަމަ ބުއްދިން ވިސްނާލާ އިރު ތާކުން ތާކު ނުޖެހޭ ލަދު ކުޑަ ހަޔާތްކުޑަ ބޮޑާކަމާ ކިބުރުވެރިކަމާ ގޮތެއް ފޮތެއްނެތް ކަމުގެ ލާމަސީލު މިސާލެއް......އަހަރެންގެ ހިތައްއަރާ މާދަމާ އެހެންމެމްބަރަކު ބޭންވެދާނެ އައްނި ފުލުހެއްގެ ގަޔަށް ކުޅުޖެހި ވީޑިއޯ ދައްކާލަ ދޭން...އަނެއް މެމްބަރަކު ބޭނުން ވެދާނެ އީވާއާ މާރިޔާއާ ޤާނޫނޫނު އަސާސީ މައްޗައް އަރާ ނެށި ވީޑިއޯ ދައްކާލަދޭން...އެހެން މެމްބަރަކު ބޭނުންވެދާނެ މުޅިރާއްޖޭގެ އެތަން މިތަން ހުޅުޖަހާ އަންދާލި ވީޑިއޯ ދައްކާލަ ދޭން..މަޖީލީހުގެ ރައީސަށް ކެރޭނެބާ އެކަން ކޮށްދޭން


3

މޫސަ

11-Jun-2020

އިމްރާނުލަދެއްނުގައްނާނެ އޭނާކިޔަވައެއްޗަކައްވުރެއޭނާ ބޭނުމީ މިނިސްޓަރުކަން


-5

ޢަލީ

11-Jun-2020

ނައިބް ރައީސް ގެ ފޮޓޯތަށްވެސް ދައްކާލުން ކިހިނެއްތޯ ވާނީ..? އޭރުންތާ އިގޭނީ އެއީވެސް އަސްލުތޯ.. ނޫނީ އަހަރެމެން ރައްޔިތުންނަށް ހީވާނީ އެއީ އަަސްލު ކަމަށް ނޫންތޯ....


11

ހަސަނު

11-Jun-2020

ތިޔަވީޑިއޯގެ ކުރިން ދައްކަން ޖެހެނީ ކަލޭމެން އަންދާލި ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގެ ވީޑިއޯ.


-3

ޙަސަނު

11-Jun-2020

ނުޖެހެ އެދޭކަށް. އަލިފާން ޖެހީ ކޮންބައެއް



ޓްރެންޑިން