ރައްޔިތުންގެ މަަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުގައްރިރުންނާ އެކު ބޭއްވި ބައްދަލުވުން
ރައްޔިތުންގެ މަަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުގައްރިރުންނާ އެކު ބޭއްވި ބައްދަލުވުން
ހިޔާނާތާއި މަރުގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ބެލުމަށް ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓު މިމަހުގެ 18 ވަނަ ދުވަހަށް ނިންމުމަށް، އެ މައްސަލަ ބައްލަވާ މަޖިލީީހުގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު މަޖިލީހަށް ހުށައަޅުއްވާފައިވާ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އެއްވެ ޖޮއިންޓް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، އެ ކޮމިޓީގެ މުގައްރިރު ކަމަށް އައްޔަން ކޮށްފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ. އަދި ނައިބު މުގައްރިރު ކަމަށް ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒް ވަނީ ހަމަޖައްސަވާފައެވެ.

ޖޮއިންޓް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެކުލަވާލި ފަސް މެމްބަރުންގެ ކުޑަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ 4 މެމްބަރުންނާއި، މިނިވަން މެމްބަރެކެވެ. އެއީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފުގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުއިއްޒު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނި އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބާއި، މައްސަލަ ބެލުމުގައި ކުރިމަތިވެފައިވާ ދަތިތައް އޮޅުން ފިލުވުމަށް އޭނާ ވަނީ މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޗައިވާލާ

11-Jun-2020

ހާދަ ހުތުރު ސުރުޙީއެކޭ .



ޓްރެންޑިން