ލޫތު ސިމާޒް އަލީ
ލޫތު ސިމާޒް އަލީ
ލޫތު ސިމާޒް އަލީ ބުނާ ގޮތުގައި އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ ޕްރޮގްރާމް ތަކުގެ ތެރެއިން އިނގިރޭސި ބަސް ދަސްކޮށް އިމްޕްރޫވްކޮށްލުމަށް ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. ލޫތަކީ އެޕްރޮގްރާމްގައި ބައިވެރިވެގެން އިނގިރޭސި ބަސް އިތުރަށް އުނގެނުމަށް މަސައްކަތް ކުރަމުންދާ ދަރިވަރެކެވެ.

ރަސް އޮންލައިން އާއި ވާހަކަ ދައްކަމުން، ދަ ސަރކަލް އިން މިއަހަރު ކުރިއަށްދާ ކްރިއޭޓިވް އިންގްލިޝް ޕްރޮގްރާމްގައި ބައިވެރިވަމުންދާ ލޫތު ބުނީ އިނގިރޭސި ބަހުން ކިޔުމާއި، ވާހަކަ ދެއްކުމާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ކޮންމެ ކުއްޖަކުވެސް މިޕްރޮގްރާމްގައި ބައިވެރިވުމަކީ މުހިންމުކަމެއްކަމަށެވެ. އަދި އޮންލައިންކޮށް ކުރިއަށްދާ ކްލާސްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ލޫތު ފާހަގަކުރިއެވެ.

އެގޮތުން އުމުރުން 11 އަހަރުގެ ލޫތަކީ ގއ. ނިލަންދޫ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ސްކޫލްގެ ކިޔެވުމުގެ އިތުރުން ކުޅިވަރުގެ އެކި ހަރަކާތްތަކާއި ޤުރުއާން އަދި މަދަހަ މުބާރާތްތަކުގައިވެސް ލޫތު ދަނީ ބައިވެރިވަމުންނެވެ. މިފަދަ އެތައް މުބާރާތަކުން ލޫތު ވަނީ ރަން ވަނަ ތަކެއްވެސް ހޯދާފައެވެ.

މީގެއިތުރުން ސްކޫލްގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުންވެސް ދަ ސަރކަލްގެ ޕްރޮގްރާމެއްގައި ބައިވެރިވާކަށް މާބޮޑު ގޮންޖެހުމެއް ކުރިމަތި ނުވާކަމަަށް ލޫތު ފާހަގަކުރިއެވެ. އެގޮތުން މާބޮޑަށް ބިޒީވިޔަސް، ޝެޑިއުލް އެއް ހަދައިލައިގެން އެއަށް ފޮލޯ ކުރަމުން ދާކަމަށާއި، އެގޮތުން ކިއެވުމާއި އެހެން ކަންކަމަށް ހުރަސް ނޭޅޭގޮތަށް ވަގުތު ބަހާލައިގެން ކުރިއަށް ދެވޭކަމަށް ލޫތު ބުންޏެވެ.

ކިޔަވާ ނިމިގެން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ޝައުގުވެރިވާ ލޫތު ބުނީ ކްރިއޭޓިވް އިންގްލިޝް ކްލާހުގެ އެހީތެރިކަމާއެކު މިދާއިރާއިން ކުރިއަށްދާން އިތުރު ޝައުގުވެރިކަމާއި ހިތްވަރު ލިބިގެންދާކަމަށެވެ. އެގޮތުން މިޕްރޮގްރާމްގެ ސަބަބުން އާޓިކަލް ލިޔުމާއި އެކި ކަހަލަ ލިޔުންތެރިކަމަށް އަހުލުވެރިކޮށްދޭކަމަށް ލޫތު ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން