މިއީ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ރިފޯމް ކުރުމާއި, ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށް ބަހުސް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސް މަޖިލީހުގައި ފަށާފައި ވާއިރު، މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ މާޒީގައި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަކޮށް އެގޮތަށް އެކަން ނުހިނގާނެ ގޮތަށް ފުލުހުންގެ މުއައްސަސާ އިންތިޒާމްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ސިޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބިލު ހެދުމަށް ފުލުހުން ދިން އެއްބާރުލުމުން އެނގިގެން ދަނީ ފުލުހުންގެ ހިދުމަތްތައް ޒަމާނީ ކޮށް ޑިމޮކްރަޓައިޒް ކުރުމަށް ފުލުހުން އިސްކަންދޭ މިންވަރު ކަމަށެވެ.
ސީޕީ ޙަމީދު އިތުރަށް ވިދާޅުވީ، "މިއީ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ރިފޯމް ކުރުމާއި, ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށް ބަހުސް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ."
ސީޕީ ޙަމީދުގެ ޓްވީޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، ސީޕީ ޙަމީދަށް ޝުކުރު އަދާކުރަށްވައި އެންމެން އެކުގައި ގުޅިގެން މިކަން ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިވަގުތަކީ ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ރިފޯމް ކުރަން ބަހުސް ކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ސީޕީ ހަމީދު ވިދާޅުވުމުން އެކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ.
އެގޮތުން މަޖިލީހުގައި މިހާރު ސުޕަ މެޖޯރިޓީ އޮތް ބަޔަކީ އެމްޑީޕީ ކަމަށްވެފައި 2012 ފެބްރުއަރީ 7 ގައި އެމްޑީޕީގެ ވެރިކަން ނިމިގެން ދިއުމަށް މެދުވެރިވި ސަބަބުތަކާއި އޭގެ ފަހުން 8 ފެބްރުއަރީގައި ހިނގާދިޔަ ކަންކަމުގެ ބަދަލު ހިފުމުގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ގުގުމާލާފައި ވުމާއި އެމްޑީޕީގެ މެންބަރުންގެ ހިތުގެ އުދާސްތައް ބޭރުކޮށްލަން މި ލިބުނު ފުރުސަތަކީ ސީޕީ ހަމީދަށާއި އެމްޑީޕީގެ މެންބަރުންނަށްވެސް ލިބޭ ހިތްހަމަ ޖެހުމަކަށް ވާނެތީ މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމުގައި ގަބޫލު ކުރެއްވުނީކަމުގައި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހަތެއް ފެބްރުއަރީއާއި 8 ފެބްރުއަރީ 2012 ގައި ފުލުހުން ހިންގާފައިވާ އަނިޔާގެ ވާހަކަ ދެއްކުމުގެ އިތުރުން އެފަދަ ވިޑިއޯ ފުޓޭޖެއްވެސް ދައްކާފައި ވެއެވެ. މިއީ މިފަހުގެ ތާރީޚެއްގައި މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި އެފަދަ ވިޑިއޯއެއް މަޖިލީހުގެ ރިޔާސަތުން އަންގަވައިގެން ދެއްކި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު