ނިކަމެތި ވާންވީ ވަރަކަށް ނިކަމެތި ވާނެކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ނިކަމެތި ވާންވީ ވަރަކަށް އެމަނިކުފާނު ނިކަމެތި ވާނެ ކަމަށާއި، ރާއްޖޭގެ ސިޔާސީ ނިޒާމް ރަނގަޅަށް ހިންގޭނީ އިދިކޮޅު މެމްބަރުންނާއި އެކީގައި ކަމަށެވެ. އަދި އެ ނިޒާމު ރަނގަޅަށް ހިންގޭނީ ވާދަވެރިކަމާ އެކީގައި މަސައްކަތް ކުރެވުނީމަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ނިކަމެތިވާންވި ވަރަކަށް ނިކަމެތި ވެސް ވާނަން. މި ދެންނެވި ހަމަ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެމެހެއްޓުމަށް. އެއީ އަޅުގަނޑު ނިކަމެތި ވާން ޖެހޭ ކަމެއް ކަމަށްވަނީ ނަމަ، އެކަން ވެސް ކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އަކީ އެއް ޕާޓީގެ ގައުމެއް ނޫން ކަމަށް ވިދާޅުވެ، ވާދަވެރި ސިޔާސީ މަސައްކަތަކީ ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާން ވިދާޅުވީ، ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފް ކުރެވުނު ފަހުން، ރާއްޖޭގެ ސިޔާސީ ތަބީއަތަކީ، އެއްވެސް އިންތިހާބެއްގައި މެޖޯރިޓީ ވޯޓު އެއް ޕާޓީއަކަށް ރައްޔިތުން ދީފައި ނުވުން ކަމަށެވެ.
"އެ ތަބީއަތް ބަލައިގަނެގެން އަޅުގަނޑުމެން މި ރާއްޖޭގައި ކަންކަން ކުރިއަށް ގެންދިއުން ބުއްދިވެރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިހުގެ ނިޒާމު ހިފެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ބައެއް ފަހަރު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ހާލެއްގައި އެއީ ތާއަބަދުގެ މަޖިލިހުގެ ނިޒާމު ހިފެހެއްޓުމުގެ ހަމަތަކުގެ ގޮތުގައި މެމްބަރުން ދެކިވަޑައިނުގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"ހާއްސަ ގޮތެއްގައި އަޅުގަނޑު ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންގެ އަރިހުން އެދެން، މަޖިލީހަށް ވަޑައިގަތުމަށް." އިދިކޮޅު ޕާޓީތަކުން މަޖިލީހުގެ ޖަލްސާތައް ބޮއިކަޓް ކޮށްފައިވާތީ އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ބައިވެރި ނުވާކަމަށް ދެކެވޭ ވާހަކަތައް ރައީސް ނަޝީދު ވަނީ ދޮގު ކުރަށްވާފައެވެ. އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ 57 މެމްބަރުންނާއި، އަމިއްލަ ފަސް މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުންނާ އެކު ޖުމްލަ 64 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިކާބު ފަސްކުރުމާ ގުޅިގެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުން މަޖިލީހުގެ ޖަލްސާތައް ވަނީ ބޮއިކަޓް ކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ ނިޒާމް ފުރިހަމަކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު