ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.
އާއްމު ސިއްޙަތުގެ ޤާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، އެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކުރި ނަމަވެސް މަޖިލީހަށް ވަކި ބާރުތަކެއް ލިބިދިނުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުމާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެއެވެ.
ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.
އިސްލާޙުގައި ބުނެފައިވާ ގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިޢުލާނުކޮށްފައިވާ މުއްދަތުގައި ހަރަދުކުރެވޭނީ މަޖިލީހުން ހުއްދަދޭ މިންވަރަކަށެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލެއް ދިމާވާ ހާލަތުގައި ހޭދަކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ނަމަ އަދި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ ނަމަ ފައިސާ ބޭނުންވާ މިންވަރެއްގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރާ ހަރަދުތަކުގެ ތަފްސީލު، ކޮންމެ މަހަކު ހިނގާ ހަރަދު ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން ސިއްޙަތާބެހޭ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ތަފްސީލާއި އެކު ކުރިއަށް އޮތް 30 ދުވަހަށް ހަރަދުވާނެ ކަމަށް ލަފާކުރާ އަދަދުގެ ތަފްސީލުވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ހާލަތުގައި ހިނގާދިޔަ ހުރިހާ ހަރަދެއްގެ އޮޑިޓެއް ރައީސުލްޖުމްހޫރިއްޔާ، އޮޑިޓަ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭގޮތަށްވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.
އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައިވިޔަސް އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭނެ ކަމަށާއި، ނަމަވެސް އެ ޙާލަތުގައި މެމްބަރުންގެ ސިއްހީ ރައްކާތެރިކަން މަޖިލީހުގެ ރައީސް ކަށަވަރުކުރަން ވާނެ ކަމަށް އެ ބިލުގައި ވަނީ އިސްލާޙު ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު