އެއްގަމުގައި ދުއްވާ އުޅަނޑު ފަހަރުގެ ތެރެއިން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމާފައިވާއިރު މާލެ ވަނީ ދުއްވާއެއްޗެހިން ތޮއްޖެހިފައި
އެއްގަމުގައި ދުއްވާ އުޅަނޑު ފަހަރުގެ ތެރެއިން ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމާފައިވާއިރު މާލެ ވަނީ ދުއްވާއެއްޗެހިން ތޮއްޖެހިފައި
ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ އިމްޕޯޓު ޑިއުޓީ 100 ޕަސެންޓް ކުޑަކުރަން ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ކާރު، ޖީޕް، ވޭންގެ ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 200 ޕަސެންޓެވެ. ނަމަވެސް އެ މިންވަރު 100 ޕަސެންޓަށް ކުޑަކުރަން ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

އެހެން ނަމަވެސް ކާރު، ޖީޕު އަދި ވޭންގެ ތެރެއިން ބޭނުންކޮށްފައި ހުންނަ އުޅަނދު އެތެރެކުރާ ނަމަ، ޑިއުޓީގެ ގޮތުގަައި 300 ޕަސެންޓު ކަނޑައެޅުމަށް ވެސް ބިލުގައި ވެއެވެ.

ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައިި ހުންނަ އެއްގަމުގައި ދުއްވާ އުޅަނދުގެ ތެރެއިން، ބޭނުންނުކޮށް ހުންނަ އުޅަނދުތަކުން ޑިއުޓީގެ ގޮތުގައި 100 ޕަސެންޓު ނަގަން ހުށަހަޅާފައިވާއިރު، ބޭނުންކޮށްފައިވާ އުޅަނދުތަކުން ޑިއުޓީގެ ގޮތުގައި 150 ޕަސެންޓު ނަގަން ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެހީގެ އިންޖީނާއި އޭގެ ބައިތަކުން ނަގަމުން އަންނަ ފަސް ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ވަނީ ހިމަނައިފަ އެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގަމު ދާއިރާގެ މެމްބަރު ވިސާމް ހުށަހެޅުއްވި އިސްލާޙުގައި ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ ކަނޑާލަން ހުށަހަޅާފައިިވާއިރު، ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރުމަށާއި، ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މަސްވެރިޔާ

11-Jun-2020

އެތެރެކުރާއިރު އެކަނި ކޮން ޓެކުހެއް ނަގާކަށްތޯ? މާލޭގައި ތޮއްޖެހުން ބޮޑިއްޔާ ކޮންމެ އަހަރަކު މާލޭކައުންސިލުން ފައިސާނަންގަވާ. އެރަށަކާ އެކަށޭނަ އަދަދެއް ކައުންސިލްތަކުން ނިންމާނެ. އިމްޕޯޓް ޓެކްސްއާއި އަހަރީފީ އެއީ ބޯދާ އުސޫލުތަކެއް. ރޯޑްޓެކްސް އެއީ ނަގަންވީ އެތި.



ޓްރެންޑިން