ބައިސްކަލާއި, ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަން، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
މިހާރު އަމަލުކުރަމުން އަންނަ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނުގެ ދަށުން، ހެލްމެޓުން 15 ޕަސެންޓުގެ ޑިއުޓީ އެއް އަންނަނީ ނަގަމުންނެވެ. އެހެން ނަމަވެސް އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށައެޅުއްވި އިސްލާޙުގައި ވަނީ، ހެލްމެޓުން ނަގާ ޑިއުޓީ ކަނޑާލުމަށެވެ.
ހެލްމެޓުގެ ޑިއުޓީ ކަނޑާލަން ހުށައަލާފައިވާއިރު، ސިނަމާލެ ބްރިޖާއި، ބްރިޖާ ގުޅިފައިވާ ހުޅުމާލެ ހައިވޭއަށް ސައިކަލުގައި އަރާ އެންމެން ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ހެލްމެޓުގެ އިތުރުން ބައިސްކަލާއި އޭގެ ބައިތަކުން ނަގާ 15 ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ. އަދި ވީލްބަރޯ އާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ 25 ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ވަނީ ހުށަހަޅާފަ އެވެ.
މިއަދު މެމްބަރު ވިސާމް ވަނީ، ފަސިންޖަރުން އުފުލާ އެއްގަމުގައި ދުއްވާ ވެހިކަލްގެ އިމްޕޯޓު ޑިއުޓީ 100 ޕަސެންޓް ކުޑަކުރުމަށާއި، ސިނގިރޭޓާއި، ބިޑީގެ ޑިއުޓީ ބޮޑު ކުރުމަށްވެސް އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު