ރައީސުލް ޖުމްހޫރިއްޔާ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާއާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާއާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވުމަށް 05 ދުވަސް ދީފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވާއިރު، މީގެ ކުރިން އެ ކޮމިޓީން ވަނީ، ސީއެސްސީގެ ދެން ތިއްބެވި ހަތަރު މެމްބަރުންނަށްވެސް ލިޔުމުން ޖަވާބުދާރީ ވުމަށް އަންގާފައެވެ.

އާމިރާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވައި ދެއްވުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އާމިރާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަޅުމުގައި ނަން އިއްވެވީ މިދިއަ ހޯމަ ދުވަހުއެވެ.

މީގެ ކުރިން ކޮމިޓީއިން ނިންމާފައި ވަނީ އާމިރާ ނުހިމެނޭގޮތަށް ސީއެސްސީގެ ދެން ތިބި ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އެގޮތުން އެ ހަތަރު މެމްބަރުން ވަކިކުރަން ނިންމައި ތަޅުމަށް ފޮނުވި ނަމަވެސް އެމައްސަލަ އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ.

އާމިރާ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވީހާވެސް އަވަހަށް ނިންމަން ކޮމިޓީއިން ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ މަޖިލީހުން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން