ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު އެޖެންޑާ ކުރުމަށް ފަހު އެ ގަރާރު މަޖިލީހުން ބޭރުކޮށްލި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނުމުން މަޖިލީހުގެ އިދާރާއިން އެކަން ދޮގުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާޢު ވިދާޅުވީ ފަޒުލް ހުށައެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ނުކުރައްވާ ކަމަށެވެ. އަދި އަންގާރަ ދުވަހު މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ސަލާމް ވިދާޅުވުމުން، އެޤަރާރުގެ މަސައްކަތް ކުރިޔަށް ނުގެންދެވި އޮތީ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.
ފުލިދޫ ރަށް ގިރަމުންދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެ ކޯލިޝަންގެ ފަރާތުން ފަޒުލް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އަދި އެ ގަރާރު މަޖިލީހުގެ ޖަލްސާއަަށް މި ހަފްތާތެރޭ އެޖެންޑާ ކޮށްފައި ވީ ނަމަވެސް މެންބަރު ފަޒުލް މަޖިލީހަށް ސަލާމް ވިދާޅުވުމާއި ގުޅިގެން އެ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފައިވަނީ މަޖިލީހަށް ފަޒުލް ހުށަހެޅުއްވި ގަރާރު މަޖީލީހުގެ ތަޅުމުން ބޭރުކޮށްލާފައިވާ ކަމަށާއި، އެކަން މަޖިލީހުގެ ރައީސް ކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެ ގޮތަށް އެކަން ކުރެއްވުމަކީ ރައީސް ނަޝީދުގެ ހިތްޕުޅުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތް ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ފަޒުލްގެ ޤަރާރު މަޖިލީހުގައި އެޖެންޑާ ކޮށްފައިވަނީ، ޤާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު