ފުވައްމުލައް ސިޓީ ބަނދަރު- ރަށުގެ ފެނާ ނަރުދަމާގެ ނިޒާމު ހަލާކުވެފައިވާތީ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވެފަ
ފުވައްމުލައް ސިޓީ ބަނދަރު- ރަށުގެ ފެނާ ނަރުދަމާގެ ނިޒާމު ހަލާކުވެފައިވާތީ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވެފަ
ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހުސައިން ރަޝީދު ޙާޟިރުކޮށް އޭނާގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

މިރޭގެ ކޮމެޓީ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ ވަނީ ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ނުކުރެވޭނަމަ މިނިސްޓަރު ހުސައިން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒްވަނީ، ރައްޔިތުންގެ އިހްސާސްތައް ވަޒީރުންނަށް ނޭނގޭ ކަމަށް ވިދާޅުވެ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ގޮވާލާފައެވެ.

“މިހާރު އެބަ ސުވާލު އުފެދޭ މިއީ އެންމެ ރަނގަޅު ނިޒާމުތޯ؟ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. ރައްޔިތުންގެ އިހްސާސްތައް ނޭނގޭ މިނިސްޓްރީތަކާއި މިނިސްޓަރުންތަކެއް ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް ނޭނގޭ މިކަން ކުރާނެ ގޮތެއް.” ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުން ގުޅަނީ މެމްބަރުންނަށް ކަމަށާއި، ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެންނަންޖެހޭ ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގަ ވިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ ނަގައިގެން މިނިސްޓަރުކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު ޙަސަނާ އެކު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މައްސަލާގައި މިރޭ ކޮމެޓީއަށް ހާޒިރުކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


22

ޙގކ

12-Jun-2020

މެމަބަރުންނަކީ ކޮންތާކުން ނިކުންނެވި ބައެއް. ތިޔަމެމްބަރުނަށް ނީގޭ ރައްޔިތަކުއުޅޭކަމެއްވެސް.މުންޖޭކިޔާބަލަ


6

ޙގކ

12-Jun-2020

މެމަބަރުންނަކީ ކޮންތާކުން ނިކުންނެވި ބައެއް. ތިޔަމެމްބަރުނަށް ނީގޭ ރައްޔިތަކުއުޅޭކަމެއްވެސް.މުންޖޭކިޔާބަލަ



ޓްރެންޑިން