އިސްރާއީލްގެ ޔަހޫދީން ޣައްޒާއަށް ބޮން އަޅައި ފަލަސްތީނުގެ ހަތް މުސްލިމުން ޝަހީދު ކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔަހޫދީންގެ ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އަދި އިތުރު 40 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމުގައި ޣައްޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ބުނެފައެވެ.

ދުވަސްތަކަކަށްފަހު އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމުގައިވާ ތައިސީރު އަލްޖާބަރީ ވެސް ހިމެނެއެވެ.

އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ވަނީ ހައްޔަރު ކޮށްފައެވެ. އެއާއިއެކު މީގެ ހަތަރު ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ޔަހޫދީން ބުނަނީ، ޣައްޒާ ބަންދު ކޮށްފައި ވަނީ، ބައްސާމް ހައްޔަރު ކުރުމާ ގުޅިގެން ފަލަސްތީނުގެ ޖިހާދީ ޖަމާއަތްތަކުން ދީފާނެ ބަދަލު ހިފުމުގެ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އެއަށްފަހު މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަލްޖާބަރީ ޤަތުލުކޮށްލުމާ ގުޅިގެން އިސްލާމިކް ޖިހާދުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެ، އިސްރާޢީލަށް ވަރުގަދަ އިންޒާރެއް ދީފައެވެ.



2009 ވަނަ އަހަރުގެ ފަހުން ޔަހޫދީން ވަނީ ފަސް ފަހަރެއްގެ މަތިން ޣައްޒާއަށް އަރައި ވަރުގަދަ އުދުވާންތަކެއް ހިންގާފައެވެ. އެ އުދުވާންތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުންވަނީ ޝަހީދު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން