ރާއްޖޭޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބަނގްލަދޭޝްގެ މީހުންގެ ތެރެއިން މިއަދުވެސް ވަނީ 200 މީހުން ފޮނުވާލާފައި
ރާއްޖޭޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބަނގްލަދޭޝްގެ މީހުންގެ ތެރެއިން މިއަދުވެސް ވަނީ 200 މީހުން ފޮނުވާލާފައި
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން އިތުރު 200 މީހުން މިއަދު ޤައުމަށް ފޮނުވާލައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން މިއަދު ބޭއްވި ރީޕެޓްރިއޭޝަން ފްލައިޓެއްގައި ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 200 މީހަކު ފޮނުވާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއާއެކު، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން، ބަންގްލަދޭޝަށް އަނބުރާ ފޮނުވާލި މީހުންގެ ޢަދަދު ވަނީ 2100 އަށް އަރާފައެވެ.

މިހާތަނަށް ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަށް 11 ފްލައިޓް ވަނީ ބާއްވާފައެވެ. އެގޮތުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކާއި، ބަންގްލަދޭޝް އަސްކަރިއްޔާގެ އެއަރކްރާފްޓެއްގައިވެސް ބަންގްލަދޭޝް މީހުން ޤައުމަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުން އަންނައިރު މި ބައްޔަށް ރާއްޖޭގައި އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ 52.94 އިންސައްތައަކީ ބަންގަލަދޭޝް ރައްޔިތުންނެވެ. ބަނގްލަދޭޝްގެ 1046 މީހުން މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން