އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ ކޯޑިންގ އެންޑް ތިންކިންގް ހޮލިޑޭ ޕްރޮގްރާމުގެ ދަރިވަރެއްކަމުގައިވާ މުހައްމަދު ނަޒާން ނާދިރު.
އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ ކޯޑިންގ އެންޑް ތިންކިންގް ހޮލިޑޭ ޕްރޮގްރާމުގެ ދަރިވަރެއްކަމުގައިވާ މުހައްމަދު ނަޒާން ނާދިރު.
ޒަމާނާއެއްގޮތަށް ޓެކްނޮލޮޖީ ތަރައްގީވަމުންދާއިރު ކޯޑިންގް އާއިއެކު މުހިންމު އެކި ދާއިރާތަކަށް ކުޑަކުދިން އަހުލުވެރިކޮށް ކުރިއެރުވުމަށް އުގައިލް ފައުންޑޭޝަނުން އެކި އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

އަދި މިފަދަ ޕްރޮގރާމްތަކަކީ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެއްކަމަށް އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލް އިން ހިންގާ ކޯޑިންގ އެންޑް ތިންކިންގް ހޮލިޑޭ ޕްރޮގްރާމުގެ ދަރިވަރެއްކަމުގައިވާ މުހައްމަދު ނަޒާން ނާދިރު ފާހަގަ ކުރިއެވެ. ނަޒާން ބުނީ ކޯޑިންގ ކްލާހުގެ އެހީގައި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ކުރިއަށްދާން އިތުރަށް ޝައުގުވެރިކަން އުފެދުން ކަމަށެވެ. އުގައިލް ފައުންޑޭޝަނުގެ ދަ ސަރކަލުން ހިންގާ ކޯޑިންގ އެންޑް ތިންކިންގް ހޮލިޑޭ ޕްރޮގްރާމުގެ އެހީތެރިކަމާއެކު ނަޒާން ފަދައިން ޅައުމުރުގައި ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.

ހިތަދޫ ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުންދާ ނަޒާން އަކީ ކޯޑިންގ އެންޑް ތިންކިންގް ޕްރޮގްރާމުގެ އިތުރުން ސްކޫލްގެ އެކި ހަރަކާތްތަކާއި، އެކި މުބާރާތްތަކުގައިވެސް ބައިވެރިވަމުންދާ ކުއްޖެކެވެ. ނަޒާން ވަނީ ދިވެހި އަދަބީ މުބާރާތްތަކާއި އެކި ޤައުމީ މުބާރާތްތަކުން ރަންވަނަ ތަކެއްވެސް ހޯދާފައެވެ.



ނަޒާން ބުނީ ކޯޑިންގް ކްލާހާއެކު ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ކުރިއަށްދިޔުމަށް އިތުރަށް ހިތްވަރެއް ލިބުމުގެ އިތުރުން، ކޯޑިންގް ލެންގުއޭޖްތައް ދަސްކުރާހިތްވެ، މިދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ބޭނުންވިކަމަށެވެ. އެގޮތުން މިހާރު އެންމެ ބޭނުންވަނީ ކިޔަވާ ނިމިގެން، ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން، ކޯޑަރ އެއް ނުވަތަ ޕްރޮފެސަރަކަށް ވުމަށްކަން ނަޒާން ފާހަގަ ކުރިއެވެ.

ސްކޫލްގެ އެކި ކަންކަމުގައި އުޅެމުންވެސް ވަގުތު ހޯދައިގެން ކީ ކޯޑިންގ އެންޑް ތިންކިންގް ޕްރޮގްރާމުގައި ބައިވެރިވަމުންދާ ނަޒާން ބުނީ ކްލާސްތައް އޮންލައިންކޮށް ކުރިއަށްދާތީ ރަށުގައި ހުރެގެންވެސް ކްލާހުގައި ބައިވެރިވެލަން އުނދަގޫ ނުވާކަމަށެވެ. އަދި ކްލާސްތައް ކުރިއަށްދާ ގޮތުން އޮޅުންފިލައި، ދަސްކުރުމަށް ވަރަށް ފަސޭހަކަން ވެސް ނަޒާން ފާހަގަ ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން