ވައްކަމުގެ މައްސަލައަކާ ގުޅިގެން ގދ. ގައްދޫ މީހަކު ހޯދުމަށް ފުލުހުން ޢާއްމުކޮށް އިޢުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ގދ. ގައްދޫ އަދުންގެ، އަޙްމަދު ޝަކީލް ހޯދުމަށެވެ.
ފުލުހުންގެ އިޢުލާނުގައިވަނީ އަޙްމަދު ޝަކީލް 2022 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ޙާޟިރުވުމަށް އަންގާފައެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަޙްމަދު ޝަކީލް ހޯދުމަށް ފުލުހުން ޢާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު