މާލޭގައި 3 ފުލުހަކަށް ޙަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން 3 ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެކުރިން މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 20 އަހަރުގެ 2 ޒުވާނުންނެވެ.
ފުލުހުން ބުނީ ކުރިން ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންނަށް ހަމަލާދީފައިވަނީ ހެންވޭރުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އަދި އެ މައްސަލާގައި ޝާމިލުވާ އެންމެން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސީޕީ ޙަމީދު ވަނީ ދެއްވާފައެވެ.
ސީޕީ ވިދާޅުވީ އެކަމާގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އޮފިސަރުންނަށް ކުރާ އަނިޔާތައް ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު